twitterviber whatsapp telegramfacebookyoutube instagram
6th May 2024

ކޮސްޓާ އަދި އޮސްކާގެ ލަނޑުތަކުން މޮރީނިއޯއަށް ރެކޯޑް މޮޅެއް

Jan 18, 2015

ކޮސްޓާ އަދި އޮސްކާގެ ޖަހައިދިން ލަނޑުތަކުން މޮރީނިއޯއަށް ޕްރިމިއާ ލީގުގައި ރެކޯޑް މޮޅެއް ލިބިއްޖެ އެވެ.

ކޮސްޓާ އަދި އޮސްކާ ކޮންމެ ކުޅުންތެރިޔަކު ސްވެންސީއާ ދެކޮޅަށް ވަނީ ދެ ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން އެންޑުރޫ ޝާލްވެސް މި މެޗުގައި ވަނީ ލަނޑު ޖަހައިފަ އެވެ. މި މެޗުން ޗެލްސީ 5-0 އިން މޮޅުވިއިރު މިއީ ޕްރިމިއާ ލީގުގައި މޮރީނިއޯ އަށް ރަށުން ބޭރުގައި ލިބުނު އެންމެ ބޮޑު މޮޅެވެ.

ރޭގެ އެހެން މެޗުތަކަށް ބަލާއިރު ފެލައިނީ އަދި ވިލްސަން ކާމިޔާބުކޮށްދިން ލަނޑުތަކުން މެންޗެސްޓަރ ޔުނައިޓެޑުން ވަނީ 2-0 އިން ކިއުޕީއާރު ބަލިކޮށްފަ އެވެ. ލިވަޕޫލުން ވެސް 2-0 އިން ރޭގެ މެޗު ކާމިޔާބުކުރިއިރު އެސްޓަން ވިލާ ކޮޅަށް ލަނޑު ޖަހައިދިނީ ބޮރިނީ އަދި ރިކީ ލަމްބާޓް އެވެ.

ސްޓޯކް ސިޓީއިން 1-0 އިން ލެސިސްޓަރ ބަލިކުރިއިރު މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ބޯޖަން އެވެ. ބެން މީ އަދި ޑެނީ އިންގްސް ބާންލީއަށް 2-0 ގެ ލީޑެއް ހޯދައިދީފައި ވަނިކޮށް ކްރިސްޓަލް ޕެލަސް އިން ވަނީ ފަހަތުން އަރާ ތިން ލަނޑު ޖަހައި މެޗު ކާމިޔާބުކޮށްފަ އެވެ. މި މެޗުގައި ގޭލް ދެ ލަނޑު ޖެހިއިރު އަނެއް ލަނޑު ޖަހައިދިނީ ޕަންޗިއޮން އެވެ.

ސައުތެމްޕްޓަން އިން 2-1 އިން ނިއު ކާސަލް ބަލިކުރިއިރު ޓޮޓެންހަމް އިން ވެސް ވަނީ ރޭ ސަންޑަލޭންޑާ ދެކޮޅަށް ކުޅުނު މެޗު 2-1 އިން ކާމިޔާބުކޮށްފަ އެވެ. ސައުތެމްޕްޓަންގެ ދެ ލަނޑުވެސް އެލްޖެރޯ އެލިއާ ޖެހިއިރު ނިއު ކާސަލްގެ ލަނޑު ޖަހައިދިނީ ޔޯއާން ގުފްރަން އެވެ. ޖޭން ވާޓޯގަން އަދި ކްރިސްޓިއަން އެރިކްސަން ޓޮޓެންހަމް އަށް ލަނޑުޖަހައިދިންއިރު ސަންޑަލޭންޑްގެ ހަމައެކަނި ލަނޑު ޖަހައިދިނީ ލާސަން އެވެ.

މިރޭ ކުޅޭ މެޗުތަކަށް ބަލާއިރު 18:30 ގައި ބައްދަލުކުރާނީ ހަލްސިޓީ އަދި ވެސްޓް ހޭމް އެވެ. އަދި 2100 ގައި ބައްދަލުކުރާނީ މެންޗެސްޓަރ ސިޓީ އަދި އާސެނަލް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355