twitterviber whatsapp telegramfacebookyoutube instagram
25th October 2026

އާސެނަލްއިން މެންޗެސްޓަރ ސިޓީ ބަލިކޮށްފި

Jan 19, 2015

އާސެނަލް އިން މެންޗެސްޓަރ ސިޓީ ބަލިކޮށްފި އެވެ.

ރޭ ޕްރިމިއާ ލީގުގައި ކުޅުނު މެޗުން އާސެނަލް މޮޅުވީ 2-0 އިންނެވެ. އާސެނަލްގެ މޮންރިއަލްއަށް ސިޓީގެ ކެޕްޓަން ކޮމްޕާނީ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އަކުން ލަނޑު ޖަހާ އާސެނަލް އިން ވަނީ ފުރަތަމަ ހާފު ލީޑު ހޯދައިފަ އެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ ސެންޓި ކަޒޯލާ އެވެ.

އާސެނަލްގެ އަނެއް ލަނޑަކީ މެޗުގެ ފަހު ހާފުގައި ސެންޓި ކަޒޯލާގެ ހިލޭ ޖެހުމެއް އޮލިވާ ޖިރޫޑް ބޮލުން ޖަހައި ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ، އެންމެ ފަހުން ރަށުން ބޭރުގައި ސިޓީ އަތުން އާސެނަލް މޮޅުވީ 2010 ވަނަ އަހަރު އެވެ. އަދި އެންމެ މީގެ ކުރިން ކުޅުނު ފަސް މެޗުގެ ތެރެއިން އެއްވެސް މެޗަކުން ސިޓީ އަތުން އާސެނަލް މޮޅުވެފައެއް ނުވެއެވެ.

ރޭ ކުޅުނު އަނެއް މެޗުގައި ވެސްޓް ހޭމް އިން ވަނީ 3-0 އިން ހަލް ސިޓީ ބަލިކޮށްފަ އެވެ. މެޗުގެ ތިން ލަނޑުވެސް ފަހު ހާފުގެ ކުރީކޮޅު ފެނުނުއިރު ލަނޑުތައް ޖަހައިދިނީ އެންޑީ ކެރޯލް، އަމަލްފިތާނޯ އަދި ސްޓެވާޓް ޑައުނިން އެވެ.

މިރޭވެސް ޕްރިމިއާ ލީގު މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު މެންދަމު 0100 ގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ އެވަޓަން އަދި ވެސްޓް ބްރޮމް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293