twitterviber whatsapp telegramfacebookyoutube instagram
25th October 2026

ކުއަންޓަމް ކޮރަލްސް ނިއު އިޔާ ކަޕް 2015 ނިމިއްޖެ

Jan 25, 2015

ކުއަންޓަމް ކޮރަލްސް ނިއު އިޔާ ކަޕް ނިމިއްޖެ އެވެ.

މިދިޔަ ހަފްތާގައި ކޮރަލްސް ދަނޑުގައި ކުރިއަށް ދިޔަ 11 އަ ސައިޑް މި މުބާރާތުގައި ޖުމްލަ 4 ޓީމެއް ވާދަކުރިއިރު ޗެމްޕިއަންކަން ހޯދީ ބެލޮން ޑި އޯ އިންނެވެ. ފައިނަލް މެޗުގައި ބެލޮން ޑި އޯ އަދި ޕުސްކަސް ވާދަކުރިއިރު ފައިނަލް މެޗް ބެލޮން ޑި އޯ އިން ކާމިޔާބުކުރީ 6-1 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބެލޮން ޑި އޯ ގެ ސިނާން އިބްރާހިމް އެވެ.

މި މުބާރާތަކީ ކޮރަލްސް ދަނޑަށް ކުޅެންދާ ކުދިންނަށް އަމާޒުކޮށްގެން ބޭއްވި މުބާރާތަކެވެ. މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ބެލޮން ޑި އޯ ގެ ސިރާޖު މުހައްމަދު ހޮވުނުއިރު އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ ޕުސްކަސްގެ އަސްރަފް އަހްމަދު (ރިސްތާ) އެވެ.

މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރަކަށް ޕުސްކަސްގެ މާއިދު ހަސަން ހޮވުނުއިރު އެންމެ މޮޅު ފޯވާޑަކަށް ހޮވުނީ ބެލޮން ޑި އޯ ގެ އަހްމަދު ދާއޫދު އެވެ. 20 އަހަރުން ދަށުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބެލޮން ޑި އޯ ގެ އަހްމަދު މުހައްމަދު (މަނާ) އެވެ. އަދި 20 އަހަރުން ދަށުގެ ދެވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖޫލްސް ރިމެޓްގެ ސާހީން ބަޝީރު އެވެ.

ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވާ ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމާއި، ހަނދާނީ ލިޔުން އަދި މެޑަލްސް ބައްސަވާ ދެއްވީ ކުއަންޓަމްގެ ހިއްސާދާރު އަހްމަދު މޫސާ އަދި ކުއަންޓަމް 2013 ވަނަ އަހަރުގެ މޮޅު ކުޅުންތެރިޔާ ފަރުހަތު މުހައްމަދު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293