twitterviber whatsapp telegramfacebookyoutube instagram
4th May 2024

އޮފީސް މުބާރާތުގެ މިރޭގެ މެޗުތައް ކާމިޔާބުކުރީ ރަށު ކައުންސިލް، ދިރާގު އަދި އެމް.އާރް.ޑީ.ސީ

Feb 1, 2015

ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ މިރޭގެ މެޗުތައް ރަށު ކައުންސިލް، ދިރާގު އަދި އެމް.އާރް.ޑީ.ސީ އިން ކާމިޔާބުކޮށްފި އެވެ.

މިރޭގެ ފުރަތަމަ މެޗުގައި އަފީފުއްދީން ސްކޫލް އަދި ރަށު ކައުންސިލް ވާދަކުރި މެޗު 11-4 އިން ކާމިޔާބު ކުރީ ރަށު ކައުންސިލުންނެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު މޮޅަށް ކުޅެ ގިނައިރު ލީޑު ދަމަހައްޓާފައިވަނީ އަފީފުއްދީން ސްކޫލުންނެވެ. މި މުބާރާތުގައި ވާދަ ނުކޮށް އެއް އަހަރުގެ މެދު ކެނޑުމަކަށް ފަހު  މިފަހަރު ރަށު ކައުންސިލުން ނިކުތް ޓީމު ވަރުގަދަކަން ފާހަގަކޮށްލެވެ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެ މުއައްސަސާއަށް އޮފީހުން ބޭރު ކުޅުންތެރިޔާގެ ގޮތުގައި ކުޅޭ އަރުސަދު ހަސަން (އަރޭ) އެވެ.

މިރޭ ކުޅުނު ދެވަނަ މެޗުގައި އެންމެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަން ދިރާގުން ވަނީ މި ފަހަރު އަލަށް މި މުބާރާތުގައި ވާދަކުރާ ޤައުމީ ޔުނިވާސިޓީ ތަފާތު ބޮޑުކޮށް ބަލިކޮށްފަ އެވެ. މުޅި މެޗުވެސް ދިރާގުން ޑޮމިނޭޓްކުރިއިރު މެޗު ނިމިގެން ދިޔައީ 13-1 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ދިރާގު ޓީމުގެ އަޔާޒް އަހުމަދު އެވެ.

މި ގުރޫޕްގެ އަނެއް މެޗުގައި މިރޭ ވާދަކުރީ އެމް.ޑަބުލިއު.އެސް.ސީ އަދި އެމް.އާރް.ޑީ.ސީ އެވެ. މި މެޗު 7-0 އިން އެމް.އާރް.ޑީ.ސީ ކާމިޔާބުކުރިއިރު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެމް.އާރް.ޑީ.ސީ ގެ ކެޕްޓަން އަލީ ރިޒާ އެވެ.

މިރޭވެސް މި މުބާރާތުގައި ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު 20:30 ގައި ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ އެންމެ ފަހުގެ ރަނަރ އަޕް ކަސްޓަމްސް އަދި 2011 ވަނަ އަހަރުގެ ރަނަރ އަޕް އެމް.އެން.ޑީ.އެފް އެވެ. ދެވަނަ މެޗުގައި ކުޅޭނީ އަލަށް މި މުބާރާތުގައި ވާދަކުރާ ޓީމް އޫރިދޫ އަދި ހދ އޭ.އީ.ސީ އެވެ. މިރޭގެ ފަހު މެޗުގައި ކުޅުމަށް ހަމަޖެހިފައިވަނީ ޕޮލިސް އަދި ޕޯޓް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355