twitterviber whatsapp telegramfacebookyoutube instagram
4th May 2024

މާޒިޔާއަށް ދިއްދޫއިން ހޫނު މަރުހަބާއެއް ކިޔައިފި

Feb 4, 2015

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ގެ ދައުވަތަކަށް ދިއްދޫ އަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މިއަދު ޒިޔާރަތްކޮށްފި އެވެ.

ދިއްދޫއިން މާޒިޔާއަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު ދިއްދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު ސަރަހައްދުގައި އެ ޓީމަށް މަރުހަބާ ކިޔުމަށް އެއްވެ ތިއްބެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ މާޒިޔާގެ ކުޅުންތެރިންނާއި އޮފިޝަލުނަށް މަރުހަބާ ކީ މެމްބަރު ލަތީފާއި ދިއްދޫ ކައުންސިލްގެ މެމްބަރުންނެވެ.

ދިއްދޫ މެމްބަރު މާޒިޔާއަށް މަރުހަބާ ކިޔަނީ

މާޒިޔާއަށް މަރުހަބާ ކިޔުމުގެ ގޮތުން ދިއްދޫ ޒުވާނުންގެ ސަގާފީ އައިޓަމެއް ހުށައަޅާދީފައިވާއިރު ދިއްދޫ ޓީމާ އެކު މާޒިޔާ އިން މާދަމާ ހަވީރު އެކުވެރިކަމުގެ މެޗެއް ކުޅޭނެ އެވެ.

އަންނަ ހުކުރު ދުވަހު މާޒިޔާ ކުޅުދުއްފުއްޓަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާއިރު ހިރަފަސް ދަނޑުގައި ހުކުރު ދުވަހުގެ ހަވީރު ކުޅުދުއްފުށީ ޓީމާ އެކު މާޒިޔާ އެކުވެރިކަމުގެ މެޗެއް ކުޅޭނެ އެވެ. އަދި އާދިއްތަ ދުވަހު ނޮޅިވަރަމަށް ޒިޔާރަތްކޮށް މެޗެއް ކުޅޭނެ އެވެ.

މީގެއިތުރުން ހއ އަތޮޅުން ހޮވާލެވޭ ކުޅުންތެރިންގެ ޓީމަކާ އެކު ހޮނިހިރު ދުވަހު މެޗެއް ކުޅޭނެ އެވެ.

މާޒިޔާއިން ބުނެފައިވާ ގޮތުގައި މި ދަތުރުގެ ތެރެއިން ހއ އަދި ހދ ގެ ކުޅުންތެރިންނަށް މާޒިޔާއާ ގުޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި މަދުވެގެން ފެންވަރު ރަނގަޅު ހަތަރުވަރަކަށް ކުޅުންތެރިން ޓީމަށް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

މާޒިޔާގެ މި ދަތުރުގައި ކުޅުދުއްފުއްޓަށް އައުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު މެންދުރު ފަހު އެވެ.

[yass cats=163]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355