twitterviber whatsapp telegramfacebookyoutube instagram
4th May 2024

ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ 6 ވަނަ ރޭ

Feb 7, 2015

ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ 6 ވަނަ ރޭ ކުޅެވުނު ތިން މެޗު ކާމިޔާބުކުރީ އެމްއެންޑީއެފް، ޕޮލިސް އަދި ކޭޕީއެލް އެވެ.

އެމްއެންޑީއެފް އާއި ޓީމް އުރީދޫ ބައްދަލުކުރި މެޗު އެމްއެންޑީއެފްއިން ކާމިޔާބުކުރީ 12-0 ގެ ތަފާތަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ އެމްއެންޑީއެފްގެ އަހުމަދު އަލީ އެވެ. މި މެޗުގައި އެމްއެންޑީއެފްއިން ކާމިޔާބުކުރި 12 ލަނޑުގެ ތެރެއިން 6 ލަނޑު ކާމިޔާބުކޮށްދީފައިވަނީ އަހުމަދު އަލީ އެވެ.

ޕޮލިސް އަދި ފަޔާ ބައްދަލުކުރި މެޗު ޕޮލިސް އިން ކާމިޔާބުރީ 5-0 ން ފަޔާ ބަލިކޮށްގެންނެވެ. މުބާރާތުގައި ކުޅެވުނު 17 ވަނަ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލުކޮށްފައިވަނީ ޕޮލިސްގެ އިބުރާހިމް ހަސަނެވެ. އޭނާ ވަނީ މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި 5 ލަނޑުގެ ތެރެއިން 3 ލަނޑު ޖަހައިދީފަ އެވެ.

އާޕޮއިންޓް އަދި ކޭޕީއެލް ބައްދަލުކުރި މެޗު ކާމިޔާބުކުރީ ކޭޕީއެލް އެވެ. މި މެޗު ކޭޕީއެލްއިން ކާމިޔާބުކުރީ 3-2 ލަނޑުގެ ތަފާތަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ކޭޕީއެލް ޓީމުގެ ސަމީރު ޔޫސުފް ހާސިލުކުރިއިރު އޭނާ ވަނީ މި މެޗުގައި 2 ލަނޑު ޖަހައިދީފަ އެވެ.

މިރޭ މި މުބާރާތުގައި ކުޅެވޭ މެޗުތަކަށް ބަލާއިރު ފުރަތަމަ މެޗުގައި ހޮސްޕިޓަލް އަދި ކުޅުދުއްފުށީ ކައުންސިލް ބައްދަލުކުރާއިރު ދެވަނަ މެޗުގައި ކުޅޭނީ އެސްޓީއޯ އަދި އަފީފުއްދީން ސްކޫލެވެ. ފަހު މެޗުގައި ކުޅޭނީ ދިރާގު އަދި އެމްޑަބްލިއުއެސްސީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355