ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލްގެ ފަހު ދެ ޖާގަ އެސްޓީއޯ އަދި ފަޔާ ކަށަވަރުކޮށްފި އެވެ.
ރޭ ކުޅުނު ސެމީ ފައިނަލުގެ މެޗުތައް މެޗުގައިވެސް ފެނިގެންދިޔައީ ވާދަވެރި ކުޅުމެކެވެ. މިގޮތުން ރޭ ކުޅުނު ފުރަތަމަ މެޗުގައި އެސްޓީއޯއިން ކާމިޔާބު ހޯދާފައިވަނީ އެމްއާރުޑީސީއާ ވާދަކޮށް 2-1 ލަނޑުންނެވެ. 9 ޕޮއިންޓާއެކު ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓަރ ފައިނަލަށް ދަތުރުކުރި އެސްޓީއޯ އާއި 6 ޕޮއިންޓާއެކު ގްރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓަރ ފައިނަލަށް ދަތުރުކުރި އެމްއާރްޑީސީ ވާދަކުރި މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލުކޮށްފައިވަނީ އެމްއާރްޑީސީގެ މުހައްމަދު ޖައުފަރެވެ.
ރޭ ކުޅުނު ކުއާޓަރ ފައިނަލްގެ ހަތަރުވަނަ މެޗުގައި ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު މި މެޗުގައި ބައްދަލުކުރީ 7 ޕޮއިންޓާއެކު ގްރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓަރ ފައިނަލަށް ދަތުރުކުރި ކަސްޓަމްސް އާއި 6 ޕޮއިންޓާއެކު ގްރޫޕްގެ އޭގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓަރ ފައިނަލަށް ދަތުރުކުރި ފަޔާ އެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމުންވެސް 3-3 ލަނޑުން އެއްވަރުވެފައިވާތީ މެޗުގެ ނަތީޖާ ނެރެފައިވަނީ ފެނަލްޓީ ޖަހައިގެންނެވެ. އެގޮތުން ކަސްޓަމްސްގެ މައްޗަށް ފަޔާ ކުރި ހޯދީ ޕެނަލްޓީ ޖަހައިގެން 6-5 ންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ކަސްޓަމްސްގެ އަހުމަދު އަބުދުﷲ އެވެ.
ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ޕޮލިސް އަދި ދިރާގު ބައްދަލުކުރާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ އެސްޓިއޯ އަދި ފަޔާ އެވެ. އެންމެފަހުގެ ޗެމްޕިއަންސް ޕޮލިސް މި މުބާރާތުގައި މީގެ ކުރިން ހަތަރު ފަހަރެއްގެ މަތީން ވާދަކޮށްފައިވާއިރު މީގެ ތެރެއިން ތިން ކުރިމަތިލުން ކާމިޔާބުކޮށްފައިވަނީ ޕޮލިސްއިންނެވެ.
ސެމީ ފައިނަލްގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރޭ އެވެ. އަދި ކުޅުދުއްފުށީގައި ބޭއްވޭ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ރޭ އެވެ.