twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ޗެމްޕިއަންސް ލީގު ދެވަނަ ބުރުގެ ފުރަތަމަ މޮޅު ރިއަލް މެޑްރިޑަށް

Feb 19, 2015

ޗެމްޕިއަންސް ލީގު ދެވަނަ ބުރުގެ ފުރަތަމަ މޮޅެއް ހޯދި ޓީމަކަށް ރިއަލް މެޑްރިޑް ވެއްޖެ އެވެ.

ރޭ ރަށުން ބޭރުގައި ޝާލްކޭ 2-0 އިން ބަލިކޮށްގެން ރިއަލް މެޑްރިޑް މެޗު ކާމިޔާބުކުރިއިރު ރޮނާލްޑޯ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. މެޗުގެ ފުރަތަމަ ހަމަލާ ޝާލްކޭއިން އުފެއްދި ނަމަވެސް ޑެނިއަލް ކަރްވަހާލްގެ ހުރަހެއް ރޮނާލްޑޯ ބޮލުން ޖަހައި ވައްދާލައި ފުރަތަމަ ލީޑު ނެގީ ރިއަލް އިންނެވެ. މިއީ ޖެނުއަރީ 18 ގެ ފަހުން ރޮނާލްޑޯ ޖެހި ފުރަތަމަ ގޯލެވެ.

ދެވަނަ ހާފުގެ ވެސް ފުރަތަމަ ހަމަލާ އުފެއްދީ ވޭތުވެދިޔަ ސީޒަނުގައިވެސް ދެވަނަ ބުރުގައި ރިއަލް މެޑްރިޑާ ބައްދަލުކޮށް 9-2 ގެ އެގްރިގޭޓް ސްކޯރ އަކުން ބަލިވި ޝާލްކޭ އެވެ. އެގޮތުން ނުރައްކާތެރި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށްވަނީ އަމާޒުވެފަ އެވެ. ނަމަވެސް ރިއަލްގެ ބުރެޒިލް ޑިފެންޑަރ މާސެލޯ 76 ވަނަ މިނެޓްގައި އޭނާގެ ކަނާތު ފައިން ފޮނުވާލި ބާރު ހަމަލާ ގޮސް ގޯލުގެ ތެރެއަށް ވަންއިރު ޝާލްކޭގެ ޒުވާން ކީޕަރަށް ކުރެވުނު މާބޮޑު ކަމެއް ނެތެވެ.

ރޭ ކުޅުނު އަނެއް މެޗުގައި ޕޯޓޯ އަދި ބަސެލް ބައްދަލުކުރިއިރު މެޗު ނިމިގެން ދިޔައީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގެ ކުރީކޮޅު ބަސެލްގެ ގޮންޒާލޭޒް ލީޑު ހޯދައި ޑިފެންސިވް ގޭމަކަށް ބަދަލުކޮށްލި އެވެ. ނަމަވެސް މުޅި މެޗުގައިވެސް މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި ޕޯޓޯއަށް 79 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއެއް ޑެނީލޯ ކާމިޔާބުކޮށް ދެވަނަ ލެގަށް އަވޭ ގޯލުގެ އެޑްވާންޓޭޖް ވަނީ ހޯދާފަ އެވެ.

ދެވަނަ ބުރުގައި އަންނަ އަންގާރަ ދުވަހުގެ ރޭ ކުޅޭ ފުރަތަމަ މެޗުގައި މެންޗެސްޓަރ ސިޓީ އަދި ބާސެލޯނާ ބައްދަލުކުރާއިރު ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ޔުވެންޓަސް އަދި ޑޯޓްމަންޑެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355