twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ސްއަރޭޒްގެ 2 ގޯލާއެކު ބާސާއަށް މޮޅެއް

Feb 25, 2015

ލުއިސް ސުއަރޭޒްގެ ދެ ގޯލުން މެންޗެސްޓަރ ސިޓީގެ މައްޗަށް ބާސެލޯނާއިން ކުރި ހޯދައިފިއެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގު ސިޓީގެ ދަނޑުގައި ކުޅެވުނު މި މެޗު ބާސާއިން ކާމިޔާބުކޮށްފައިވަނީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ސުއަރޭޒްގެ ދެ ލަނޑު ފެނިގެންދިޔައިރު ފުރަތަމަ ލަނޑު އޭނާ ކާމިޔާބުކޮށްފައިވަނީ މެޗުގެ 16 ވަނަ މިނެޓްގަ އެވެ. އަދި އަލްބާ ދިން ބޯޅައަކުން ބާސާގެ ދެވަނަ ލަނޑު އޭނާ ކާމިޔާބުކޮށްދީފައިވަނީ މެޗުގެ 30 ވަނަ މިނެޓްގަ އެވެ.

ފުރަތަމަ ހާފްގައި މޮޅު ކުޅުމެއް ސުއަރޭޒްގެ ފަރާތުން ފެނިފައިވާއިރު ފުރަތަމަ ހާފުގައި ބާސާއަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއްލިބި ބޭކާރުވެފަ އެވެ.

ދެވަނަ ހާފުގައި ސިޓީއިންވެސް ވަނީ ވަރުގަދަ ކުޅުމެއް ކުޅި ލަނޑު ޖަހާނެ ފުރުސަތުތަކެއް ހޯދާފަ އެވެ. ނަމަވެސް އެ ފުރުސަތު ވަނީ ބޭކާރުވެފަ އެވެ. އެގޮތުން އަގުއޭރޯ، ނަސްރީ އަދި ޒެކޯއަށް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ.

މި މެޗުގައި ސިޓީ ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައިވަނީ މެޗުގެ 69 ވަނަ މިނެޓްގައި ސިލްވާ ދިން ޕާހަކުން ސިޓީގެ ފޯވާޑް ސާޖިއޯ އަގުއެރޯ އެވެ.

މެޗުގެ 74 ވަނަ މިނެޓްގައި ރެފްރީ ވަނީ ސިޓީގެ ފުލްބެކް ކްލީޝީއަށް ދެވަނަ ރީނދޫ ކާޑާއެކީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައިވާއިރު މެޗުގެ އެންމެފަހު މިނެޓްގައި ބާސާއަށް ވަނީ ނަތީޖާގެ ފަރަގު ބޮޑުކޮށްލަން ޕެނަލްޓީއެއް ލިބިގެން ގޮސްފައެވެ. ނަމަވެސް މެސީ ޖެހި ޕެނަލްޓީ ހާޓް ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގައި މޮޅުވުމަކީ ބާސާއަށް ހައްގު މޮޅެއް ކަމަށް ބާސާގެ ކޯޗު ލުއިސް އެންރީކޭ މެޗަށް ފަހު ބުނެފައިވެއެވެ.

ބާސާ އާއި ސިޓީ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ 18 ވަނަ ދުވަހުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355