twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ކުލަބް ކޮރަލްސް އިފްތިތާހްކޮށްފި

Mar 1, 2015

ހދ ކުޅުދުއްފުށީ ‘ކުލަބް ކޮރަލްސް” ރޭ އިފްތިތާހްކޮށްފި އެވެ.

ރޭ ހދ އަތޮޅު ޓީއާރްސީ ގައި ބޭއްވި ރަސްމިއްޔާތެއްގައި ކުލަބް ކޮރަލްސް އިފްތިތާހް ކޮށްދެއްވީ ހދ އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހްމަދު އާތިފް އެވެ. ކުލަބް ކޮރަލްސް އިފްތިތާހް ކުރުމުގެ ގޮތުން ރޭ ކޭކެއް ފަޅައި ރަސްމިއްޔާތަށް ވަޑައިގެން ބޭފުޅުން ވަނީ ގުރޫޕް ފޮޓޯއެއް ނަގާފަ އެވެ.

ކުޅުދުއްފުށީ ކޮރަލްސް ދަނޑަށް ހާއްސަކޮށް ނިސްބަތްވާ މެންބަރުން އިސްނަގައިގެން އުފެއްދި ކުލަބް ކޮރަލްސްގެ އިފްތިތާހީ ޖަލްސާގައި ރޭ ފައުންޑަރ މެންބަރު ސައުދު، ކުލަބުގެ ފުރަތަމަ ދައުރުގެ ރައީސް އަސްވަދު ރަޝީދުގެ އިތުރުން ޝަރަފްވެރި މެހެމާން އަހްމަދު އާތިފް ވާހަކަފުޅު ދެއްކެވި އެވެ.

ޝަރަފްވެރި މެހެމާންގެ ވާހަކަފުޅުގައި ކުލަބް ކޮރަލްސް އިފްތިތާހް ވެގެން ދިއުމުން އުފާވާ ކަމަށާއި ޤާނޫނީ ހައިސިއްޔަތު ލިބުމުން ޒިންމާ ބޮޑުވެގެން ދާނެކަން ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން ރަށުގައި ގިނަ ޖަމިއްޔާތަކެއް ހުރި ނަމަވެސް ޖަމިއްޔާތައް ހަރަކާތްތެރި ނޫންކަން ފާހަގަކުރައްވާ އެފަދަ ޖަމިއްޔާއަކަށް ނުވުމަށް އިލްތިމާސް ކުރެއްވި އެވެ

ޝަރަފްވެރި މެހެމާން އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ހދ އަތޮޅު ކައުންސިލުގެ ފަރާތުން ހިއުމަން ރިސޯސް ތަރައްޤީ ކުރުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދަވާ ކަމަށާއި އެގޮތުން ދެ ކޯހެއް ވަރަށް އަވަހަށް ފަށާނެކަން ފާހަގަ ކުރެއްވި އެވެ. އަދި ކައުންސިލްގެ ފަރާތުން ރަށުގައި ތިބެގެން އަގުހެޔޮކޮށް ތައުލީމް ހާސިލްކުރުމަށްޓަކައި އިންސްޓިޓިއުސަނެއް ޤާއިމުކުރުމަށް އަމާޒުކުރައްވާ ކަމަށް ވިދާޅުވި އެވެ..

ރޭ ގެ ހަފްލާގައި ކުޅުދުއްފުށީ ކައުންސިލްގެ މެންބަރު އިބްރާހިމް އައްބާސްގެ އިތުރުން ފައުންޑަރ މެންބަރުންނާއި ހިންގާ ކޮމިޓީގެ މެންބަރުންގެ އިތުރުން ގިނަ އާންމު މެންބަރުންވަނީ ބައިވެރިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355