twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ރޫނީގެ ދެ ލަނޑުން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވެއްޖެ

Mar 1, 2015

މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަން ވޭން ރޫނީ ކާމިޔާބުކުރި ދެ ލަނޑުން މެންޗެސްޓަރ ޔުނައިޓެޑުން ސަންޑަލޭންޑް ބަލިކޮށްފި އެވެ.

މެޗުގެ ކުރީކޮޅު ސަންޑަލޭންޑްގެ ވިކްހަމް އަދި ޑެފޯ ނުރައްކާތެރި ދެ ހަމަލާ ފޮނުވާލައިފައިވާއިރު ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ.

ދެވަނަ ހާފުގެ 64 ވަނަ މިނެޓްގައި ކުރިން މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުނު ވެސް ބުރައުން އަދި ޖޯން އޯޝޭ ފަލްކާއޯ އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްދިނީ ރޫނީ އެވެ. މި ފައުލްއާ ގުޅިގެން ބުރައުން އަށް ވަނީ ރަތްކާޑެއް ދައްކާފަ އެވެ.

މެޗުގެ 84 ވަނަ މިނެޓްގައި ރޫނީ އިތުރު ލަނޑެއް ޖަހައިފައި ވާއިރު ރޫނީ ވެފައިވަނީ ޖެހިޖެހިގެން 11 ޕްރިމިއާ ލީގުގައި 10 ލަނޑަށްވުރެ ގިނައިން ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާއަށް ވެފަ އެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރިތާ ދެވަނަ މިނެޓްގައި ޕީޓަރ ކުރައުޗް ކާމިޔާބުކުރި ލަނޑާއެކު ސްޓޯކުން ވަނީ 1-0 އިން ހަލް ސިޓީ ބަލިކޮށްފަ އެވެ. މިއީ ކުރައުޗްގެ ބޮލުން ކާމިޔާބުކުރި 46 ވަނަ ލަނޑެވެ.

ބާންލީގެ ޓްރިޕިއާ އަތުން ބައިކޮޅަށް ވަން ލަނޑުން ސްވެންސީ ވަނީ 1-0 އިން ރަށުން ބޭރުގައި މޮޅުވެފަ އެވެ. މީގެ އިތުރުން އެސްޓަން ވިލާއިން ވަނީ 1-0 އިން ނިއު ކާސަލް ބަލިކޮށްފަ އެވެ.

ރޭ ސައުތެމްޕްޓަން އަދި ނިއު ކާސަލް ކުޅުނު މެޗުވެސް 1-0 އިން ނިމިފައިވާއިރު މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ބެރަހީނޯ އެވެ. ކުރިސްޓަލް ޕެލަސް އަދި އަދި ވެސްޓް ހޭމް ކުޅުނު މެޗު 3-1 އިން ކާމިޔާބުކުރީ ޕެލަސް އިންނެވެ. މެޗުގައި ޕެލަސް އިން ޖެހި ތިން ލަނޑުގެ ވެސް އެސިސްޓް ޕަންޗިއޯން ދީފައިވާއިރު ގުލެން މުރޭ ވަނީ ދެ ލަނޑު ޖަހާފަ އެވެ.

މިރޭ ކުޅޭ މެޗުތަކަށް ބަލާއިރު 17:00 ގައި ލިވަޕޫލް ނުކުންނާނީ ސިޓީއާ ދެކޮޅަށެވެ. އަދި 19:05 ގައި އާސެނަލް ކުޅޭނީ އެވަޓަންއާ ދެކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355