twitterviber whatsapp telegramfacebookyoutube instagram
20th April 2025

ޗެމްޕިއަންސް ލީގު ކުއާޓަރގެ ފަހު ޖާގަތައް ބާސެލޯނާ އަދި ޔުވެންޓަސް އަށް

Mar 19, 2015

ޗެމްޕިއަންސް ލީގު ކުއާޓަރގެ ފަހު ޖާގަތައް ބާސެލޯނާ އަދި ޔުވެންޓަސް އިން ހޯދައިފި އެވެ.

ރޭ ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބާސެލޯނާއިން 1-0 އިން ކާމިޔާބުކުރިއިރު މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ރަކިޓިޗް އެވެ. މި ލަނޑު ފުރަތަމަ ހާފު ކާމިޔާބުކޮށްފައިވާއިރު ފަހު ހާފުގައި ސިޓީއަށް ލިބުނު ޕެނަލްޓީއެއް އެގުއޭރޯ ވަނީ ބޭކާރުކޮށްލާފަ އެވެ.

ރޭގެ މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް ބާސެލޯނާއިން އުފައްދާފައިވާއިރު މި މެޗުގެ އެގްރިގޭޓް ސްކޯރ އަކީ 3-1 އެވެ.

ރޭ ކުޅުނު އަނެއް މެޗު ޔުވެންޓަސް އިން ވަނީ ރަށުން ބޭރުގައި ކުޅެ ފަސޭހަކަމާއެކު 3-0 އިން ކާމިޔާބުކޮށްފަ އެވެ. ފުރަތަމަ ލެގުގައި ޑޯޓްމަންޑް 2-1 އިން ބަލިކޮށްފައި އޮތްއިރު ރޭގެ މެޗުގައިވެސް ޔުވެންޓަސް އިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ.

ކާލޯސް ޓެވޭޒް މި މެޗުގައި ދެ ލަނޑު ޖަހާފައިވާއިރު އަނެއް ލަނޑު ޖަހައިދިނީ އަނެއް ލަނޑު ޖަހައިދިނީ އަލްވާރޯ މޮރާޓޯ އެވެ.

ކުއާޓަރ ފައިނަލްގެ ޑްރޯ އޮންނާނީ ހުކުރު ދުވަހު ސްވިޒަލެންޑްގެ ނިޔޯންގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355