twitterviber whatsapp telegramfacebookyoutube instagram
16th May 2025

ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައި ކުޅުދުއްފުށީގައި ސައިކަލު ބުރެއް ބާއްވައިފި

Mar 20, 2015

ޓެރަރިޒަމްގެ ކުށުގައި ޖަލަށް ލާފައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލައި ކުޅުދުއްފުށީގައި ސައިކަލު ބުރެއް ޖަހައިފި އެވެ.

ކުޅުދުއްފުށީ އެމްޑީޕީ ގޮފިން އިސްނަގައިގެން މިއަދު ހަވީރު ބަންޑާރަމައިދާނުން ފެށި މި ސައިކަލް ބުރުގައި 70 އަށް ވުރެ ގިނަ ސައިކަލާއި 2 ޕިކަޕް ބައިވެރިކޮށްފައިވެ އެވެ.

ކުޅުދުއްފުށީގެ ބޮޑެތި މަގުތަކުގައި ކުރިއަށްދިޔަ މި ސައިކަލު ބުރުގެ ބައިވެރިން ވަނީ ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވައި އަޑު އުފުލާފަ އެވެ. މި ސައިކަލު ބުރުގައި އެމްޑީޕީގެ ބައެއް ކައުންސިލަރުން ވެސް ވަނީ ބައިވެރިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355