twitterviber whatsapp telegramfacebookyoutube instagram
7th July 2025

ޓެލެމެޑިސިންގެ ހިދުމަތާއެކު ބޮޑެތި ބަލިތައް ފަރުވާހޯދާ ފަރާތްތަކަށް ލުއި ލިބިގެންދާނެ: ނާޒިމާ

އަބްދުލް ވާހިދު ޙަސަން
Jul 7, 2025

ޓެލެމެޑިންސްގެ ހިދުމަތާއެކު މީގެ ކުރިން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެވެން ނެތް ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ލުއި ލިބިގެންދާނެކަމަށް އެ ހޮސްޕިޓަލުގެ ސީއީއޯ ނާޒިމާ އަލީ ވިދާޅުވެއްޖެ އެވެ.

ކޭއާރުއެޗުގެ 43 ވަނަ އަހަރީދުވަހުގެ ރަސްމިއްޔާތުގައި ޓެލެމެޑިންސް އެންޑޯމެޓްރިއޯސިސް ހިދުމަތް އިފްތިހާހުކުރެއްވި އެވެ. މި ދެ ހިދުމަތް އިފްތިތާހުކޮށްދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއީއޯ ނާޒިމާ އަލީ ވިދާޅުވީ، އާ ހިދުމަތްތަކާއެކީ ކުރިން ލިބެމުންދިޔަ ހިދުމަތްތައްވެސް އިތުރު ހަރުފަތަކަށް ކުރިއަށްޖެހިގެންދާނެ ކަމަށާއި އަދި ލިބެމުން ނުދާ ހިދުމަތްތައްވެސް ހޮސްޕިޓަލުގައި ތައާރަފުކުރެވިގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، އެގޮތުން ޓެލެމެޑެސިންއާއެކު މިހާރު ހިދުމަތް ލިބެމުން ނުދާ ބަލިތައްކަމަށްވާ ހިތުގެ ބަލިތަކާއި ނާރުގެ ބަލިތައް އަދި ފުއްޕާމޭގެ ބަލިތައް ތަހައްމަލުކުރާ ބަލި މީހުންނަށް ލުއި ފަސޭހަކަން ލިބިގެންދާނެ ކަމަށެވެ.

އެންޑޯމެޓްރިއޯސިސް ބައްޔަށް ފަރުވާ ހޯދަން ޖެހިފައިވާ ފަރާތްތަކަށްވެސް މާލޭގައި ހުންނަ ސަރުކާރުގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ފުންނާބު އުސް ގައިނީ ޑޮކްޓަރުންނަށް ދެއްކޭނެ ކަމަށާއި ހަމައެކަނި ޑޮކްޓަރުން ދެކުމުގެ އިތުރުން ކޭއާރުއެޗުން ދެވޭ ހިދުމަތްތައް ފުޅާކޮށް އިތުރު ހަރުފަތަކަށް ގެންދިޔުން ކަމުގައި އެވެ އަދި އެކަމުގެ މަޝްވަރާތައް މިހާރުވެސް ކުރިއަށްދާކަން ނާޒިމާ ވިދާޅުވި އެވެ.

އެންޑޯމެޓްރިއޯސިސްގެ ހިދުމަތް މާލޭ އިން ބޭރުގައި ފުރަތަމަ މި ފެށީ ކުޅުދުއްފުށީގައި އެވެ. މިއީ އަންހެނުން ތަހަންމަލްކުރާ ބައްޔެކެވެ. މި ބަލީގެ ސަބަބުން ބަނޑުގައި ރިއްސުމާއި ދަރިމައިވުމުގައި ގޮންޖެހުންތައް ކުރިމަތިވެއެވެ.

ތިން އަތޮޅުގެ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލެއް ނަމަވެސް އެންމެ އެކަށީގެންވާ ވަރަށް ޑޮކްޓަރުންނާއި ނަރުހުން އަދި ޓެކްނިކަލް ސްޓާފުން ނެތް ކަމަށާއި އެހެންނަމަވެސް އެ މައްސަލަ ހައްލުކުރުމަށް ކެނޑިނޭޅި މަސައްކަތްކުރައްވަމުންގެންދަވާކަމުގެ އޭނާ ވިދާޅުވި އެވެ.

ސީއީއޯ ނާޒިމާ ވިދާޅުވީ، މުވައްޒަފުންގެ ދަތިތައް ހުރިނަމަވެސް މަސައްކަތްކުރަމުންދަނީ ވިހާވެސް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށްކަމަށެވެ.

ނާޒިމާ ވިދާޅުވީ، ސިސްޓަމެޓިކް ގޮތެއްގައި ރަނގަޅަށް ފަރުމާކުރެވި އިމާރާތެއް އެޅި ރަނގަޅު ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ އަޒުމުގައި ހުންނެވި ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ސިސްޓަމެޓިކް ގޮތެއްގައި ރަނގަޅަށް ފަރުމާކުރެވި އިމާރާތެއް އެޅި، ރަނގަޅު ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުން. އެ އަޒުމު އަޅުގަނޑުގެ ހުރީ. އަޅުގަނޑަކީ ހަމަ ކޮންމެ ކޮންމެ ގޮތަކަށް ކޮންމެ ކޮންމެ ކަންތައް ގެންދާންކަށެ މިމަގާމުގައި ހުރި މީހެއް ނޫން. އަޅުގަނޑު ދެކޭ ވަރަށް ބައިވަރު ހުވަފެންތައް އެބަހުރި. އިރާދަކުރެއްވިއްޔާ ނަރުހަކަށްވެ ހުރި މި މަގާމު މިންވަރުކުރެއްވީވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުގެ ކިބައިގައި ކޮންމެ ވަރެއްގެ ހިކުމަތަކާއި ގާބިލުކަމެއްވެސް ހުރީމަ." އައިޖީއެމްއެޗުގައި ނަރުހެއްގެ ވަޒީފާ އަދާކުރެއްވި ނާޒިމާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355