އަނިޔާވެރުކަމާއި ދެކޮޅަށް ނަމުގައި މެއި 1 ވަނަ ދުވަހު މަލޭގައި ހިންގި މުޒާހަރާގައި ގިނަ ރައްޔިތުންތަކެއް ހައްޔަރުކުރިތާ ލަސްތަކެއްނުވެ ސަރުކާރުން ހަވާ އެރުވުމުން މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ހިތްހަމަ ނުޖެހުންފާޅު ކޮށްފި އެވެ.
އަނާރާ މިކަން ކުއްވެރި ކުރެއްވީ އިއްޔެ ކުރެއްވި ޓްވީޓެއްގަ އެވެ
މޭޑޭގެ ނަމުގައި ހުކުރު ދުވަހުގެ ރޭ ކުރި މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކޮށް، ރޫޅާލައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް މުއްދަތު ޖަހާފައި ވަނިކޮށް ރޭ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން އިދިކޮޅު ފަރާތްތަކަށް ފާޑު ކިޔާ ފުލުހުންނަށް ތައުރީފު ކޮށް ސުނާމީ ބިނާ ސަރަހައްދުގައި ވަނީ ހާވާ އަރުވާފައެވެ.
ހުކުރު ދުވަހުގެ ރޭ ބޭއްވި މޭޑޭގެ މުޒާހަރާއިން 193 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.