twitterviber whatsapp telegramfacebookyoutube instagram
26th September 2026

ހަނިމާދޫ އެއާޕޯޓްގައި ސީޕްލޭން ޓާމިނަލެއް ގާއިމްކުރަނީ

Nov 27, 2024
1

ހަނިމާދޫގައި ސީ ޕްލޭން ޓާމިނަލެއް އަޅާ އެރަށުގައި ސީ ޕްލޭން ހިދުމަތް ދިނުމަށް ތައްޔާރުވަމުން އަންނަކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެ ކުންފުނިން މިހެން ބުނީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމެޓީގެ ސަބް ކޮމެޓީގައި ވާހަކަ ދައްކަވަމުންނެވެ.

އެ ކޮމެޓީގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވީ ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރު ނިމޭއިރު އެ ރަށުގައި ސީ ޕްލޭންގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން ސީޕްލޭން ޓާމިނަލް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަންވެސް މުޖުތަބާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ އިންޓަނޭޝަނަލް އެއާޕޯޓެއް ފީޒިބަލް ތަނަކަށް ވެގެންދާނީ ކައިރީގައި އޮންނަ ރިސޯޓްތަކަށް މީހުން ގެންދެވިގެންކަމަށެވެ. އެހެންކަމުން މި ސީ ޕްލޭނުން ކުރާނީ ކައިރީގައި ހުންނަ ބެޑްތަކަށް ފަސިންޖަރުން ގެންދިޔުންކަމަށް މުޖްތަބާ ވިދާޅުވިއެވެ.

ހަނިމާދޫ އިންޓާނޭޝަނަލް އެއާޕޯޓް ހުޅުވެންވާއިރަށް ސީ ޕްލޭން ޓާމިނަލްގެ މަސައްކަތް ނިންމާ ބޭނުންކުރަން ނުފެށުނު ނަމަވެސް ސީޕްލޭން ކުޑަ ޓާމިނަލެއް ހަދައި ހިދުމަތް ފަށަން ޕްލޭން ކުރަމުން އަންނަކަމަށް މުޖްތަބާ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293