ތެލެސީމިއާއަށް ފަރުވާ ހޯއްދެވުމަށް ދަތުރުކުރާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އެހީތެރިއަކަށް، އާރް.ޓީ.އެލް ފެރީއާއި ބަހުގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހަމަޖައްސައިފި އެވެ.
އެމްޓީސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިއަދު ފެށިގެން މި ހިދުމަތް ލިބޭނެ ކަމަށެވެ.
މި އިންތިޒާމުގެ ދަށުން، ތެލެސީމިއާއަށް ފަރުވާ ހޯދާކަން އަންގައިދޭ ކާޑު އޮންނަ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އެހީތެރިއަކަށް އާރް.ޓީ.އެލް ފެރީއާއި ބަހުގައި ހިލޭ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
މި ހިދުމަތާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ ކުންފުނިން އެދިފައި ވެއެވެ.




