މުލީއާގެ ޗީފް އޮފް ސްޓާފް އިގްބާލް އާދަމް މަގާމުން އިއްޔެ ވަކިކޮށްފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެބެންގެ ދެދަރި ބޭބެއެއް ކަމަށްވާ އިގުބާލު މަގާމުން ވަކިކުރެއްވީ ކޮން ސަބަބަކާ ގުޅިގެން ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.
މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސްގެ މަގާމަށް، ގަލޮޅު ވަށަފަރު އިޤްބާލް އާދަމް އައްޔަނު ކުރެއްވީ ނޮވެންބަރު 2023، 19 ގައެވެ.
އިގްބާލްގެ ކޮއްކޮ އަދި ރައީސް އޮފީހުގެ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ޢަލީ ޢާރިފް ވަނީ މިދިޔަ އޭޕްރިލް މަހުގެ 13ވަނަ ދުވަހު އިސްތިއުފާދެއްވައިފައެވެ.
އިގުބާލު މަގާމުން ވަކިކުރިއިރު ވަށަފަރުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފުރިހަމަ އަޣުލަބިއްޔަތު ވެރިކަންކުރާ ޕީއެންސީއަށް ވަނީ ގެއްލިފައެވެ. އެގޮތުން އިއްޔެ ބޭއްވި ބައި-އިލެކްޝަންގައި ޕީއެންސީގެ ފަރާތުން އެ މަގާމަށް ވާދަކުރެއްވި ޒައިނާޒް އަޙްމަދަށް 221 ވޯޓު ލިބުނުއިރު، އިންތިޚާބު ކާމިޔާބުކުރެއްވި އަމިއްލަ ކެންޑިޑޭޓު ރިޝްމާ އާދަމަށް ލިބުނީ 278 ވޯޓެވެ.




