twitterviber whatsapp telegramfacebookyoutube instagram
7th May 2024

ޓީމް ކޮރަލްސް މޮޅުވިއިރު ހިރަފުސް އަދި ޒިގްޒެގް ގެ މެޗު ފަސްކޮށްފި

May 10, 2015

އާދަމް އިސްމާއީލް ލީގު ހަފްތާ ބަންދުގެ މެޗުތަކުގައި ޓީމް ކޮރަލްސް މޮޅުވިއިރު ހިރަފުސް އަދި ޒިގްޒެގްގެ މެޗު ވިއްސާރައިގެ ސަބަބުން ފަސްކޮށްފި އެވެ.

ކޮރަލްސް ޔުނައިޓެޑާ ދެކޮޅަށް ޓީމް ކޮރަލްސް ކުޅުނު މެޗު 8-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންވަނީ ކާމިޔާބުކޮށްފަ އެވެ.

މެޗު ފަށައިގެން ޓީމް ކޮރަލްސްއަށް ރަނގަޅު ތިން ފުރުސަތެއް ލަނޑު ޖެހުމަށް ލިބުނުއިރު މެޗުގެ ފުރަތަމަ ގޯލު މެޗުގެ 19 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޓީމް ކޮރަލްސްއަށް 2013 ވަނަ އަހަރުގެ ލީގު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި މުހައްމަދު އަލީ (މޮޑެކްސް) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ނޫރުﷲ ތޯހާ ވަނީ މެޗުގެ 28 ވަނަ މިނެޓްގައި ލީޑު ފުޅާކޮށްފަ އެވެ.

އޭގެ ތިން މިނެޓް ފަހުން ސުހުރާބު ދިން ޕާހަކުން މޯޑެކްސް ވަނީ އޭނާގެ ދެވަނަ ލަނޑު ކީޕަރުގެ ބޯ މަތިން ޗިޕެއް ޖަހައި ކާމިޔާބުކޮށްފަ އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ނޫރުﷲ ތޯހާ ނަގައިދިން ހުރަހަކުން ފަތުހުﷲ އާދަމް ވަނީ ލަނޑެއް ޖަހާފަ އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީ އަކުން އަހުމަދު ދާއޫދު ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 5-0 އަށް ބަދަލުކޮށްލާފަ އެވެ. 61 އަދި 76 ވަނަ މިނެޓްގައި ނޫރުﷲ އިތުރު ދެ ލަނޑު ޖަހާފައިވާއިރު ކޮރަލްސް ޔުނައިޓެޑަށް 0 ކަނޑުވާލަ ދިނީ 77 ވަނަ މިނެޓްގައި އަބްދުލް ހަންނާން އެވެ. މެޗުގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވާ އަސްޖައު މޫސާ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މި މެޗުގައި ތިން ލަނޑު ކާމިޔާބުކުރި ނޫރުﷲ ތޯހާ އެވެ.

ހަފްތާ ބަންދުގެ ހޮނިހިރު ދުވަހު ހިރަފުސް އާއި ޒިގްޒެގް ކުޅުނު މެޗު 30 މިނެޓަށް ފަހު ވިއްސާރައިގެ ސަބަބުން ކެންސަލް ކޮށްފައިވާއިރު މެޗު ކުޅޭނެ ތާރީހެއް ފަހުން އިއުލާން ކުރެވޭނެ ކަމަށް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދެ އެވެ. މެޗު ހުއްޓާލިއިރު މެޗުގެ ސްކޯރ އަކީ 0-0 އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355