twitterviber whatsapp telegramfacebookyoutube instagram
12th August 2026

އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ :މެޓް އޮފީސް

May 10, 2015

މެދު ރާއްޖެތެރެއާއި އުތުރުގެ ބޮޑުބަޔަކަށް މިއަދާއި މާދަމާ ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ އުތުރުގެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށައި އަދި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށް އެއިދާރާއިން އާއްމުކުރި ލިޔުމެއްގަވެ ވެއެވެ.

ހުޅަނގުދެކުނާއި ހުޅަނގުން އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާ 17 މޭލު ދެމެދުގެ ބާރުމިނުގައި، އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއިދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާ ބެހޭ އިދާރާއން ބުނެއެވެ.

ކުޅުދުއްފުއްޓަށް އިއްޔެއިން ފެށިގެންދަނީ ވިއްސާރަކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355