ކުޅުދުއްފުށީގައި ބޭއްވި “އެންމެ އަލިގަދަ ތަރީ”ގެ އޯޑިޝަނުން ހޮވުނީ 2 ފަރާތެއް

އަބްދުލް ވާހިދު ޙަސަން - 3 އަހަރު ކުރިން - 23 މެއި 2015ޓީވީ މޯލްޑިވްސްއިން އިންތިޒާމް ކޮށްގެން ރޯދަމަހު ބާއްވަމުން އަންނަ އަލިގަދަ ތަރި ގުރުއާން މުބާރާތަށް ބައިވެރިން ހޮވުމަށް ކުޅުދުއްފުށީގައި ބޭއްވި އޯޑިޝަނުން 2 ފަރާތެއް ހޮވިއްޖެ އެވެ.

އެންމެ އަލިގަދަ ތަރިއަށް ބައިވެރިން ހޮވުމަށް އިއްޔެ ކުޅުދުއްފުށީގައި ބޭއްވި އޯޑިޝަނުން ފާސްވެ، މުބާރާތަށް ހޮވިފައިވަނީ ހދ. ވައިކަރަދޫ، މިލާފަރު ޒޫނާ މުހައްމަދާއި ށ. ފުނަދޫ، ހެޕީލާލު އަހުމަދު ފިރާގެވެ.

އިއްޔެ ހަވީރު 2 އިން 4 އަކަށް ކުރިއަށްގެންދިޔަ މި އޯޑިޝަނުގައި ބައިވެރިވެފައިވަނީ އެންމެ 8 ފަރާތަކުންނެވެ.

ބޮޑެތި އިނާމުތަކެއް ހުށަހެޅިފައިވާ މިމުބާރާތަށް ހުށަހެޅިފައިވާއިރު މިމުބާރާތަށް ހޮވޭ ފަރާތަކަށް މާލޭގައި ތިބުމާއި ދަތުރުގެ ހަރަދު ޓީވީ މޯލްޑިވްސްގެ ފަރާތުން ހަމަޖައްސާފައިވެ އެވެ.

މިމުބާރާތުގެ މިދިޔަ އަހަރުގެ “އެންމެ އަލިގަދަ ތަރި” އަކަށް ހޮވިފައިވަނީ ށ.ފޭދޫ ވަވަތި، އަބްދުއްރަޝީދުއެވެ


ގުޅުން ހުރި ލިޔުންތައް  1. Zusy 3 އަހަރު ކުރިން
    ތި އަލިގަދަ ތަރިތަކުން ގައުމައް ފައިދާ ކުރާނީ ގައުމުގަ އަދުލު އިންސާފު ގާއިމުވެގެން ކަމުގަ ދެކެން! ތަންކަޅެއް ކުރިން ނޫސްތަކުގެ ފަލަސުރުހީ ތަކުގައޮތީ ދިވެހި ކަޅުބޮޑު ފިރިނަކު ލަންކާ ހޮޓަލެއްތެރޭގަ ރަސިޔާ އަންހެން ކުއްޖެއްގެ ގަޔަށް ހުދު ކުލަފުޅިއެއް ބަންޑުން ޖެހިވާހަކަ! އެކަން ތަހުގީގުކޮއް ނުމިގެން އުޅެނިކޮއް މިއަދު އިވުނީ ސަރުކާރުގެ އެއްބާރުލުމާއެކު ޒުވާން އަންހެނުން ބަރަހަނާކޮއްތިބެ ގައިގަ ކުރެހިވާކަ!
  2. އަލީ އަޙުަމަދު 3 އަހަރު ކުރިން
    ޒޫނާ މުޙައްމަދަކީ މަކުނުދޫ ގައި ދިރިއުޅޭ މީހެއް. ތި ޝަރަފް ނިސްބަތްވާނީ ކޮން ރަށަކަށްބާ؟