twitterviber whatsapp telegramfacebookyoutube instagram
25th May 2026

މިނިވަން 50 ފުޓްބޯޅަ މުބާރާތް ޖުލައި މަހު ފަށަނީ

May 27, 2015

ހޯމް އެންޑް އަވޭ އުސޫލުން ކުޅުމަށް ހަމަޖެހިފައިވާ މިނިވަން 50 ފުޓްބޯޅަ މުބާރާތް ޖުލައި 24 ގައި ފަށާގޮތެއް ހަމަޖެހިއްޖެ އެވެ.

އެފްއޭއެމް އިން އިންތިޒާމް ކޮށްގެން ބާއްވާ މި މުބާރާތުގެ ފުރަތަމަ ބުރު ކަމުގައިވާ އަތޮޅު މުބާރާތުގެ ބައި ޖުލައި 24 ގައި ފެށުމަށް ހަމަޖެހިފައިވާއިރު މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ ޖޫން 11 އެވެ.

މުބާރާތުގައި ބައިވެރިވުމަށްޓަކައި ކައުންސިލުން އެކަން ބަޔާންކޮށް އެފްއޭއެމް އަށް ސިޓީ ލުމަށް އެފްއޭއެމް އިން އެދެއެވެ. އެފްއޭއެމް އިން ހާމަކޮށްފައިވާ ގޮތުގައި މުބާރާތުގައި ބައިވެރިވެވޭނީ އެ ބައިވެރިވާ ރަށެއްގެ ނަމުގައި ކަމަށައީ އެ ރަށެއްގެ ކްލަބެއް ނުވަތަ ޖަމިއްޔާއެއް ނަމުގައި ބައިވެރި ނުވެވޭނެ ކަމަށެވެ.

އަދި މުބާރާތުގެ ބައިވެރިވާ ޓީމުގެ ޒިންމާ ނަގަން ޖެހޭނީ ސީދާ އެ ބައިވެރިވާ ރަށެއްގެ ކައުންސިލްއިން ކަމަށް އެފްއޭއެމް އިން ހާމަ ކުރެއެވެ.

މުބާރާތުގައި ކުޅޭ ތިންބުރު ކާމިޔާބުކުރާ ޓީމަކަށް 1.5 މިލިއަން ރުފިޔާ ހޯދުމުގެ ފުރުސަތު އޮވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355