twitterviber whatsapp telegramfacebookyoutube instagram
25th May 2026

އެމްބީއޭ ކަޕްގެ މޮޅު ކުޅުންތެރިޔަކަށް އައުޝަން ހޮވިއްޖެ

May 30, 2015

އެމްބީއޭ ކަޕްގެ ފިރިހެން ބައިގެ މޮޅު ކުޅުންތެރިޔަކަށް ޓީ ރެކްސް އަށް ކުޅޭ ކުޅުދުއްފުށީގެ އަހްމަދު އައުޝަން ހޮވިއްޖެ އެވެ.

އަހަމުދު އައުޝަން މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދިއިރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އައުޝަން ކުޅެމުން އަންނަ ޓީރެކްސް އެވެ. ޓީރެކްސް އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރެޑް ލައިން ކުލަބް 76-73 އިން ބަލިކޮށްގެންނެވެ.

އަހުމަދު އައުޝަން އަކީ ކުޅުދުއްފުށީ ޓީމުން ވިދާލައި ދެ ފަހަރެއްގެ މަތީން ޒޯން ޗެމްޕިއަންޝިޕްގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައިވާ ކުޅުންތެރިއެކެވެ. އަދި އެންމެ އުއްމީދީ ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވާއިރު އައުޝަން ދަނީ ޤައުމީ ބާސެކެޓް ޓީމުގައިވެސް މުހިއްމު ދައުރެއް އަދާކުރަމުންނެވެ.

އަދި ވޭތުވެދިޔަ އަހަރު ބޭއްވި އޮފީސް ތަކުގެ ބާސްކެޓް ބޯޅަ މުބާރާތުގެ އެންމެ ގިނަ ޕޮއިންޓް އެއްކުރި ކުޅުންތެރިއަކަށް އަދި މޮޅު ޑިފެންސިވް ކުޅުންތެރިޔަކަށް ވެސް ހޮވިފައިވަނީ އައުޝަން އެވެ. މީގެ އިތުރުންވެސް އައުޝަން ވަނީ ބާސްކެޓްގައި ގިނަ ކާމިޔާބީތަކެއް ހާސިލް ކޮށްފަ އެވެ.

މި މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ޓީމެއް ކަމުގައިވާ ކޭވައިއާރްސީ އިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355