އޭއީސީގެ ގާރލް ގައިޑް އަދި ލިޓިލް މެއިޑް ދަރިވަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

ޚަދީޖާ އާދަމް - 3 އަހަރު ކުރިން - 1 ޖޫން 2015



ހދ އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ)ގެ ގާރލް ގައިޑުންނާއި ލިޓިލްމެއިޑް ދަރިވަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

ޖަލާލުއްދީން ސްކޫލް ހޯލްގައި އިއްޔެ ކުރިއަށްދިޔަ މިރަސްމިއްޔާތުގައި ގާރލް ގައިޑް ދަރިވަރުންނަށް ހުވާ ލައިދެއްވީ ގާލް ގައިޑް އެސޯސިއޭޝަންގެ ގައިޑް ކޮމިޝަނަރ ފާތިމަތު ހާލިދު އެވެ. އަދި ލިޓިލް މެއިޑް ދަރިވަރުންނަށް ހުވާ ލައިދެއްވީ ގައިޑް އެސޯސިއޭޝަންގެ ޓްރޭނިން ކޮމިޝަނަރ އާސިޔާ ސައީދެވެ.

މި ރަސްމިއްޔާތުގައި 46 ގައިޑުންނާއި 32 ލިޓިލްމެއިޑުން ހުވާ ކޮށްފައިވެ އެވެ.
2

ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ގޯލްޑަން ލެޑަރ އަދި ގޯލްޑަން ބަރ ހަވާލުކޮށްދެއްވީ އިރުމަތި އަވަށު ޕްރީސްކޫލް ހިންގެވުމާ ހަވާލުވެ ހުންނެވި ސަމީމާ ހުސެއިނެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަމީމާ ވިދާޅުވީ މިފަދަ އިތުރު ހަރަކާތްތަކުގެ ސަބަބުން ދަރިވަރުންނަށް އަމިއްލަ ދިރިއުޅުމުގައި ބޭނުން ހިފޭނެ އެތައް ކަމެއް ދަސްވެގެން ދާނެ ކަމަށާއި ކަންކަމާ ކުރިމަތިލާން ކެރި އިސްނަގައި އަމިއްލައަށް ކަންކަން ކުރަން ދަސްވެގެންދާނެ ކަމަށެވެ.

ކޮންމެ އަހަރަކު ވެސް ގިނަ ސްކޫލުތަކެއްގައި ޔުނީފޯމް ހަރަކާތްތަކުގެ ދަރިވަރުން ހުވާ ކުރެ އެވެ.


ގުޅުން ހުރި ލިޔުންތައް