twitterviber whatsapp telegramfacebookyoutube instagram
10th September 2026

ތިމަރަފުށި އަދި ފޭދޫ ފައިނަލަށް

Jun 12, 2015

އައިލަންޑާސް ކަޕްގެ ފައިނަލަށް ތިމަރަފުށި އަދި ފޭދޫ ދަތުރުކޮށްފި އެވެ.

މި މުބާޜާތުގައި ކުޅުދުއްފުށި ޓީމު ބަލިކޮށްގެން ކުއާޓަރއަށް ދަތުރުކުރި ތިމަރަފުށި ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ކުޑަހުވަދޫ 2-1 އިން ބަލިކޮށްގެންނެވެ.  މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ތިމަރަފުށި ޓީމުގެ މުހައްމަދު ޝަރުހާން އެވެ.

މުބާރާތުގައި ފައިނަލަށް ސ ފޭދޫ ދަތުރުކުރީ ލ ގަމާ ދެކޮޅަށް ކުޅެ ޕެނަލްޓީ ޖަހައިގެން 3-1 އިން މޮޅުވެގެންނެވެ. ކުޅުދުއްފުށި މި މުބާރާތުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ބަލިވެފައިވަނީ ފޭދޫ އަދި ތިމަރަފުއްޓާ ދެކޮޅަށް ކުޅުނު ދެ މެޗުންކަން ފާހަގަކޮށްލެވެ އެވެ.

މުބާރާތުގައި ވާދަކުރާ ފޭދޫ ޓީމް އެ ދާއިރާގެ މެންބަރު އިބްރާހިމް ދީދީއާ އެކު ފޮޓޯ އަކަށް ހުއްޓިގެން – ފޮޓޯ: އައިލަންޑާސް ކަަޕް ފޭސްބުކް ޕޭޖް

މި މުބާރާތުގެ ތިން ވަނަ ހޮޥާ މެޗު މާދަމާ ހަވީރު 16:30 ގައި އެކުވެނި ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާއިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ (ހޮނިހިރު) ރޭ 20:30 ގަ އެވެ.

މި މުބާރާތުގެ ފައިނަލް މެޗު ލައިވް ކުރުމަށް ޗެނަލް 13 އަދި ޓީވީއެމްއާ ގުޅިގެން މަސައްކަތް ކުރަމުންދާކަން މުބާރާތް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293