twitterviber whatsapp telegramfacebookyoutube instagram
17th May 2024

ހިރަފުސް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

Jun 14, 2015

ހިރަފުސް ކަޕް 8 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކޮންމެ އަހަރަކުވެސް ރަމަޟާން މަސް ނިންމުމަށް ފަހު ހަ ރޯދަވެރިންގެ އީދު ދުވަހު ފަށާ މި މުބާރާތަކީ ކުޅެން ބޭނުންވާ އެންމެހާ ފަރާތްތަކަށް ހުޅުވާލައިގެން ބޭއްވޭ މުބާރާތެކެވެ. އެގޮތުން މުބާރާތުގައި ޓީމުތައް ބަހަނީ ބައިވެރިވުމަށް އެދޭ އެންމެހާ ކުޅުންތެރިން، މުބަރާތް އިންތިޒާމްކުރާ ފަރާތުން ކެޓަގަރައިޒް ކުރުމަށްފަހު އެ ކުޅުންތެރިން ޓީމުތަކަށް ބަހާލައިގެންނެވެ.

މި އަހަރުގެ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 19 ޖޫން 2015 އާއި 2 ޖުލައި 2015 އާ ދެމެދު ހިރަފުސް ދަނޑަށް 3 ދުވަހު 17:30 ގެ ކުރިން ކުޅެން ހާޒިރުވާން ޖެހެއެވެ. ނުވަތަ 3 ޖުލައި 2015 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދި ނަންނޯޓްކޮށް 500 ރުފިޔާ ދައްކައިގެންވެސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލެވިފަ އެވެ. އަދި ދެ ދުވަހު ކުޅެން ހާޒިރުވެ، 3 ދުވަސް ހަމަނުވާ ފަރާތްތަކަށް 300 ރުފިޔާ ދައްކައިގެން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ.

މިއީ ހިރަފުސް ކަޕްގެ ނަމުގައި ބާއްވާ 8 ވަނަ މުބާރާތަށްވާއިރު ވޭތުވެދިޔަ ދެ އަހަރު މި މުބާރާތް ބާއްވާފައިވަނީ 11 އަ ސައިޑް މުބާރާތެއްގެ ގޮތުގަ އެވެ. މި މުބާރާތް 1 ޑޭ ކަޕެއްގެ އުސޫލުން ފެށިގެން އައިސްފައިވާއިރު ހިރަފުސް ކަޕްގެ ނަމުގައި ފުޓްސަލް މުބާރާތެއްވެސް ވަނީ މީގެ ތިން އަހަރުކުރިން ބާއްވާފަ އެވެ.

މިއީ މިހާރު ކުޅުދުއްފުށީގައި ސިލްސިލާކޮށް 11 އަ ސައިޑް އުސޫލުން ބޭއްވޭ ހަމައެކަނި މުބާރާތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355