twitterviber whatsapp telegramfacebookyoutube instagram
3rd February 2026

ފިތުރު އީދުގެ މުނާސަބާތުގައި ހަނިމާދޫގައި މަސްރޭހެއް ބާއްވަނީ

Jul 11, 2015

ކުރިއަށް އޮތް ފިތުރު އީދުގެ މުނާސަބަތާއި ގުޅުވައިގެން ވަޅުއީދު ދުވަހު ހަނިމާދޫަގައި މަސްރޭހެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

މި މަސް ރޭހަކީ ހަނިމާދޫގެ އެންމެހާ ރައްޔިތުންނަށް އަމާޒުކޮށްގެން ބޭއްވޭ މަސްރޭހެއްކަމަށާާއި މި މަސްރޭސް ފެށުމަށް ހަމަޖެހިފައި ވަނީ އެދުވަހުގެ 16:00 ން 21:30 ކަމަށް އެ ރޭހުގެ އިންތިޒާމް ކުރެއްވި ފަރާތްކަމަށްވާ ކެތިއަރާ ބޮޑުބެރު ގުރޫޕުން ނެރުނު އިއުލާނަކުން ހާމަވެގެން ދެއެވެ.

މި މަސްރޭސް ފެށުމަށް ހަމަޖެހިފައި ވަނީ އެރަށުގެ ބަނދަރު ސަރަހައްދުގައި ކަމަށާއި ދޯނިތަށް ފުރުމުން އެ ސަރަހައްދުތަކުގައި އެކި ހަރަކާތްތަށް ކުރިޔަށް ގެންދާނެކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

މި މަސްރޭހުގެ ފޯމް ބަލައިގަތުން މިމަހު 15 ދުވަހުގެ 16:30ގެ ނިޔަލަށް ހުޅުވާލެވިފައި ވާނެ ކަމަށާއި ފޯމާއި އެކު ކޮންމެ ޓީމަކުން ފޯޯމާއި އެކު 500 ރުފިޔާ ހުށައަޅަން ޖެހޭނެ ކަމަށް އެއިއުލާނުގައި ވެއެވެ.

އަދި މި މަސްރޭހުގެ ނަތީޖާ ފާޅުކުރުމާއި އެކު ބާބަކިއުއެއް ކުރިޔަށް ގެންދާނެކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355