twitterviber whatsapp telegramfacebookyoutube instagram
10th September 2026

ޕެރަ ބައިބަލާ މުބާރާތުގައި 5 ޓީމަކުން ބައިވެރިވެއްޖެ

Jul 13, 2015

ފިތުރު ޢީދުގައި ކުޅުދުއްފުށީގައި ބާއްވާ އެންމެ އަގުބޮޑު ކުޅިވަރު އިވެންޓް ކަމަށްވާ ޕެރަ ބައިބަލާ ޗެލެންޖްގައި 5 ޓީމަކުން ބައިވެރިވެއްޖެ އެވެ.

. އެޓީމުތަކަކީ މަންގަނޑު، މިސްޓޭކެން، ދަނޑުބޭރު، ޖެމްރޮކް އަދި ނިއުއޭޖް ކަމަށް މި މުބާރާތް ކޯޑިނޭޓް ކުރާ ފަރާތް ކަމުގައިވާ އަކްރަމް މުހައްމަދު “ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދެމުން ވިދާޅުވި އެވެ.

އިތުރަށް މައުލޫމާތު ދެއްވަމުން އަކުރަމް ވިދާޅުވީ މިމުބާރާތުގެ މެއިން ސްޕޮންސާ ކޮށްފައި ވަނީ ޕެރަ އިންނެވެ. އަދި އަކުރަމް ވިދާޅުވީ ކުޅުދުއްފުށީގައި ވަރަށް އަވަހަށް “ޕެރަ” ޖަމިއްޔާއެއްގެ ގޮތުގައި ނިކުންނާނެކަމަށެވެ.

އަދި މީގެ އިތުރުން މި މުބާރާތުގެ ކޯ ސްޕޮންސަރުންވެސް ހިމެނޭކަމަށް ވެސް އަކުރަމް ވިދާޅުވިއެވެ. އަދި ކޯސްޕޮންސަރުން އިތުރުވަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

30000 ރުފިޔާގެ އަގުހުރި އިނާމު ހުށަހެޅިފައިވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުޑަ އީދުގެ ދެވަނަ ދުވަހު ކުޅުދުއްފުށީ ބަންޑާރަ މައިދާނުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293