twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށީގެ ބޮޑު ސަރަހައްދަކުން މިއަދު ކަރަންޓް ކަނޑާލަނީ

Aug 2, 2015

ޑިސްޓްރިބިއުޝަން ފޮށީގެ މަސައްކަތްތަކެއް ކުރުމަށްޓަކާ މިއަދު ހެނދުނު ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުމަށް ހަމަޖެހިފައިވާ ކަމަށް ކުޅުދުއްފުށީ ފެނަކަ ބުރާންޗުން ބުނެފި އެވެ.

ކުޅުދުއްފުށީ ފެނަކައިން ބުނީ މިއަދު ހެނދުނު 8:45 ފެށިގެން މަސައްކަތް ނިމެންދެން ޑިސްޓްރިބިއުޝަން ފޮށިތަކުން ކަރަންޓް ފޯރުކޮށްދީފައިވާ ގޭބިސީތަކާއި ތަންތަނުން ކަރަންޓް ހިދުމަތް ވަގުތީގޮތުން މެދު ކެނޑިގެންދާނެ ކަމަށެވެ.

މިއަދު ޖުމްލަ 20 ފޮޓަކުން ކަރަންޓް ކެޑުމަށް ހަމަޖެހިފައިވެ އެވެ. އެތަންތަނަކީ:

• ލޮޓަސްގެ ފާރުގައި ހަރުކޮށްފައިވާ ފޮށި

• ތެލާރު ފާރުގައި ހަރުކޮށްފައިވާ ފޮށި

• ޕާރިމްރޯޒްގެ ފާރުގައި ހަރުކޮށްފއަިވާ ފޮށި

• ރަންގަލި ފާރުގައި ހަރުކޮށްފައިވާ ފޮށި

• ރެހެންދި ފާރުގައި ހަރުކޮށްފައިވާ ފޮށި

• މަސްޖިދުލް އޫލާގެ ފާރުގައި ހަރުކޮށްފައިވާ ފޮށި

• ޖީޒާގެ ފާރުގައި ހަރުކޮށްފައިވާ ފޮށި

• މިރިހިމާގެ ފާރުގައި ހަރުކޮށްފައިވާ ފޮށި

• ސަންރައިޒްގެ ފާރުގައި ހަރުކޮށްފައިވާ ފޮށި

• މަންޒިލްގެ ފާރުގައި ހަރުކޮށްފައިވާ ފޮށި

• ޕާކްގެ ފާރުގައި ހަރުކޮށްފައިވާ ފޮށި

• ސަންލައިޓްގެ ފާރުގައި ހަރުކޮށްފައިވާ ފޮށި

• ވިކްޓަރީ ހައުސްގެ ފާރުގައި ހުރުކޮށްފައިވާ ފޮށި

• ބަނަފްސާވިލާގެ ފާރުގައި ހަރުކޮށްފައިވާ ފޮށި

• ދުނބުރިމާގެ ފާރުގައި ހަރުކޮށްފައިވާ ފޮށި

• ގްރީން ގްރާސްގެ ފާރުގައި ހަރުކޮށްފައިވާ ފޮށި

• ހަފޮޅުގެ ފާރުގައި ހަރުކޮށްފައިވާ ފޮށި

• ސުފާރާ ފާރުގައި ހަރުކޮށްފައިވާ ފޮށި

• ޒުވާނުންގެ ޖަމްއިއްޔާގެ ގޯތި ފާރުގައި ހަރުކޮށްފައިވާ ފޮށި

• އަނބުގަސްދޮށުގެ ކުރިމަތި ސަހަރާ ފާރުގައި ހަރުކޮށްފައިވާ ފޮށި

ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކުވެސް ކަރަންޓް އައުމުގެ ކުރިން ބޭނުންކުރައްވާ އިލެކްޓޯނިކް އަދި އިލެކްޓްރިކަލް ހުރިހާ އެއްޗެހި ސްވިޗް ނިންވާލާފައި ބެހެއްޓުމަށް ފެނަކާ އެދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355