twitterviber whatsapp telegramfacebookyoutube instagram
8th November 2025

ބޭބީ ވޯޓާގެ ނަމުގައި ރާއްޖޭގައި ވިއްކާ ފެނަކީ ކުޑަކުދިންނަށް ހާއްސަ ފެނެއް ނޫން

Aug 3, 2015

ބޭބީ ވޯޓާގެ ނަމުގައި ރާއްޖޭގައި ވިއްކާ ފެނަކީ ކުޑަކުދިންނަށް ހާއްސަ ފެނެއް ނޫން ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެފްޑީއޭ) އިން ބުނެފި އެވެ.

މިއީ ކުޑަ ކުދިންނަށް ހާއްސަ އުފެއްދުމެއް ނޫން ކަމަށާއި އެ އޮތޯރިޓީ އިން ދިރާސާކޮށް ބެލިބެލުމުން ތަފާތު ބްރޭންޑްތަކުގެ ނަމުގައި ދިވެހިރާއްޖެ އަށް އެތެރެކޮށް މާކެޓްކުރާ “ބޭބީ ވޯޓާ” ފެނަކީ ކުޑަކުދިންނަށް ވަކި ހާއްސަ ޕްރޮޑަކްޓެއްގެ ގޮތުގައި މިންގަނޑު ކަނޑައަޅައިގެން އުފައްދާ ފެނެއް ނޫން ކަމަށް ވެސް އެފްޑީއޭ އިން ބުނެ އެވެ.

އޭގެ އިތުރުން ކުދިންނަށް ހާއްސަ ފެންކަމުގެ ބަދަލުގައި އެ ފެން އާންމު ބޯފެނެއްގެ ގޮތުގައި ފުޅީގެ ލޭބަލް ބަދަލުކުރުމަށް ފަހު ވިއްކުން މައްސަލައެއް ނެތް ކަމަށާއި އެހެން ނަމަވެސް ކުޑަކުދިންނަށް ހާއްސަ އުފެއްދުމެއްގެ ގޮތުގައި މި އުފެއްދުން މާކެޓްކޮށް ވިއްކުމަކީ މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން މަނާކަމެއް” އެފްޑީއޭ އިން ބުންނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355