twitterviber whatsapp telegramfacebookyoutube instagram
29th March 2026

ދިރާގު ބްރޯޑްބޭންޑް ރޯޑް ރޭހުގެ އޯޕަން ބައިގެ ތިން ވަނަ ރިޒާ ހޯދައިފި

Aug 28, 2015

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ އިވެންޓް ކަމަށްވާ ދިރާގު ބްރޯޑްބޭންޑް ރޯޑް ރޭހުގެ އޯޕަން ބައިގެ ތިން ވަނަ ކުޅުދުއްފުށީގެ ދުވުންތެރިއެއް ކަމުގައިވާ ހުސައިން ރިޒާ ހޯދައިފި އެވެ.

ބޯ ވިއްސާރައާ އެކު ތިން ހާސް ދުވުންތެރިންނާއެކު ކުރިއަށްދިޔަ މި ބައިނަލްއަޤްވާމީ ރޭހުގައި 10 ކިލޯމީޓަރުގެ ބައިން އެއްވަނަ އަހްމަދު ރިޒާ ހޯދިއިރު އަންހެން ބައިން އެއްވަނަ ހޯދީ ސްރީލަންކާގެ ދުވުންތެރިއެއް ކަމުގައިވާ ޕްޓްރީޝިޔާ އެވެ.

ރިޒާ ތިންވަނަ ހޯދި ފަސް ކިލޯ މީޓަރުގެ ބައިން އަހްމަދު ޝިފާޒް އެއްވަނަ ހޯދިއިރު މި ބައިގެ އަންހެން އެއްވަނަ އަކަށް ހޮވުނީ ޒުލައިހާ އިބްރާހިމް އެވެ.

ކުޑަ ކުދިންނަށް ކުރާ އަނިޔާއާ ދެކޮޅު ޝިޔާރުގެ ދަށުން ކުރިއަށްދިޔަ މި ރޭހުގައި މި އަހަރު ޖުމްލަ 43 ޤައުމެއްގެ ދުވުންތެރިން ދުވެފައިވާއިރު ރޭހުން ލިބޭ ފައިސާ ހަދިޔާކުރަނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއަކަށެވެ. މިގޮތުން ޓީޝާޓެއް 50 ރުފިޔާ އަށް ވިއްކާފައިވާއިރު ތިން ހާސް ދުވުންތެރިން ވަނީ ރޭހުގައި ބައިވެރިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355