twitterviber whatsapp telegramfacebookyoutube instagram
25th October 2026

ޓީސީ ސްޕޯޓް ކުލަބު ކުޅުދުއްފުއްޓަށް އަތުވެއްޖެ

Sep 12, 2015

ޕްރެޒިޓެންޑް ކަޕްގައި ކުޅުދުއްފުށީގައި ކުޅުމަށް ހަމަޖެހިފައިވާ 4 ޓީމް ގެ ތެރެއިން ޓީސީ ސްޕޯޓް ކުލަބް ކުޅުދުއްފުއްޓަށް އަތުވެއްޖެއެވެ.

ޓީސީ ސްޕޯޓް ކުލަބް ކުޅުދުއްފުއްޓަށް އައިސްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

ކުޅުދުއްފުށީ ގްރޫޕުގައި އިތުރަށް ހިމެނޭ ކްލަބްތަކުގެ ތެރެއިން ބީޖީ ސްޕޯރޓް ފިޔަވާ ދެން ހިމެނޭ 2 ކްލަބް ކަަމަށްވާ ނިއުރޭޑިންޓާއި އަދި މަހިބަދޫ ސްޕޯޓްސް ކުލަބު ކުޅުދުއްފުއްޓަށް އައުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނުގެ ވަގުތެއްގަ އެވެ.

އޭގެ އިތުރުން އައްޑޫ ގްރޫޕުގައި ހިމެނޭ މާޒިޔާ ސްޕޯޓްސް އާއި ކްލަބް ވެލެންސިއާ ރޭ އައްޑު އަށް ގޮސްފަ އެވެ.

ކުޅުދުއްފުށީގައި ކުޅުމަށް ހަމަޖެހިފައިވަ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ކުޅުުދުއްފުށީ ޒޯން ސްޓޭޑިއަމްގަ އެވެ. އަދި އައްޑޫސީޓީގެ ހިމެނޭ ޓީމްތައް ކުޅުމަށް ހަމަޖެހިފައިވަނީ ހިތަދޫ ޒޯން ސްޓޭޑިއަމްގަ އެވެ

މިއީ ޕްރެޒިޓެންޑް ކަޕް އަތޮޅު ތެރޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293