twitterviber whatsapp telegramfacebookyoutube instagram
25th July 2026

މަހިބަދޫ އަތުން މޮޅުވެ ބީޖީއިން ދެވަނަ ބުރަށް ދިއުމުގެ އުއްމީދު ދަމަހައްޓައިފި

Sep 18, 2015

ޕްރެސިޑެންޓްސް ކަޕްގައި މިއަދު ކުޅުނު މެޗުގައި މަހިބަދޫ 1-0 އިން ބަލިކޮށް ބީޖީއިން ދެވަނަ ބުރަށް ދިއުމުގެ އުއްމީދު ދަމަހައްޓައިފި އެވެ.

ދެ ޓީމުގެ ފަރާތުންވެސް ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 70 ވަނަ މިނެޓްގައި ކާމިޔާބުކުރީ ބީޖީގެ ޒުވާން ފޯވާޑް އިބްރާހިމް ހަމްދާން އެވެ. މިއީ ބީޖީއަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ ޑޭވިޑްދިން ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ.

މެޗު ފެށިއިރު ބޯކޮށް ވާރޭ ވެހެމުން ދިއުމުގެ ސަބަބުން މުޅި މެޗުގައިވެސް ދެ ޓީމަށް އުދަނގޫތަކެއް ކުރިމަތިވި އެވެ. އމެޗުގައި ލަނޑު ޖަހާނެ މާގިނަ ފުރުސަތުތަކެއް އުފެއްދިފައި ނުޥާއިރު މި ނަތީޖާއާއެކު މަހިބަދޫއަށް ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ވަނީ ކެނޑިފަ އެވެ.

މަހިބަދޫއިން ފުރަތަމަ ހާފުގައި ތިން ހަމަލާއެއް އުފައްދާފައިވާއިރު ބީޖީއަށް ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ މާ ރަނގަޅު ފުރުސަތެއް އުފެއްދިފަ އެއް ނުވެ އެވެ. ނަމަވެސް ދެވަނަ ހާފު ފަށައިގެން ބީޖީއިން ވަނީ ކުޅުން ރަނގަޅުކޮށް މެޗު ޑޮމިނޭޓްކޮށްފަ އެވެ.

މާދަމާ މި މުބާރާތުގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް އަދި ޓީސީ އެވެ. މި މެޗަށް ނުކުންނައިރު ދެ ޓީމުން ވެސް ވަނީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355