twitterviber whatsapp telegramfacebookyoutube instagram
15th February 2026

ކުރިނބީ ކުނި ކޮއްޓަށް ކުނި އުކާލައި ގަޑިތަކަށް ބަދަލު ގެނެސްފި

Oct 8, 2015

ހދ ކުރިނބީ ކައުންސިލުން އެރަށު ކުނި ގޮނޑަށް ކުނި އުކާލެވޭ ގަޑި ތަކަށް ބަދަލު ގެނެސްފި އެވެ.

ކުރިނބީ ކައުންސިލުން މިކަން އިއުލާންކޮށްފައި ވަނީ މިއަދު އެކައުންސިލުން ނެރުނު އިއުލާނެއްގަ އެވެ.

މި އިއުލާނުގައި ވާގޮތުން ކުނިގޮނޑަށް ދެން ކުނި އުކާލެވޭނީ ހޯމަ، އަންގާރަ، ބުދަ، ބުރާސްފަތި ދުވަހު ހެނދުނު 9 ން ހަވީރު 3 ކަށެވެ. އަދި ހުކުރު ދުވަހު ހެނދުނު 8:30 ފެށިގެން މެންދުރު 11 ށެވެ. އަދި މެންދުރުފަހު 2 ން ހަވީރު 5 ށެވެ.

އޭގެ އިތުރުން މި އިއުލާމުގައި ބުނެފައިވަނީ ކުނި އުކާލެވޭ ގަނޑިތަކުގެ އިތުރުން ކޮންމެ ދުވަހަކު ކޮންމެ ގަޑިއެއްގައިވެސް ނެޕީ އުކާލެވޭނެ ކަމަށާއި އެހެންނަމަވެސް ނެޕީ އުކާލަން ވާނީ ކުނިގޮނޑު ހުޅަނގު ދެކުނު ބޭރުގައި އެކަމަށް ހާއްސަކޮށް ބެހެއްޓިފައިވާ ޑަސްޕިނަށް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355