twitterviber whatsapp telegramfacebookyoutube instagram
26th April 2024

ވީއޭއެމް ޕްރެޒިޑެންޓް ކަޕް ނޯތު: އިހަވަންދޫ އާއި ދިއްދޫ ފައިނަލަށް

Oct 19, 2015

ވީއޭއެމް ޕްރެޒިޑެންޓް ކަޕުގެ ނޯތު ޑިވިޝަންގެ ފައިނަލަށް އިހަވަންދޫ ޕޯލްސްޓަރ އަދި ދިއްދޫ ޓީނޭޖް ބޯއީސް ސްޕޯރޓްސް ކުލަބް ދަތުރުކޮށްފި އެވެ.

ދިއްދޫ ޓީނޭޖް ބޯއީސް ސްޕޯރޓްސް ކުލަބް ފައިނަލުން ޖަގަ ހޯދާފައިވަނީ މުރައިދޫ ޑިވެލޮޕމެންޓް އެސޯސިއޭޝަނާ ބައްދަލުކޮށް އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗުގައި 3 ސެޓު ކާމިޔާބުކޮށްގެން ނެވެ. މެޗުގެ 3 ސެޓު ދިއްދޫއިން ގެންދިޔައީ 28/26 އާއި 25/14 އަދި 25/15 އިންނެވެ. މި މެޗުގެ މޮލު ކުޅުންތެރިޔަކީ ދިއްދޫ ޓީމުގެ އައިޝަތު މާޖިދާ އެެވެ.

މުބާރަތުގެ ފައިނަލަށް ދަތުރުކުރާ ދެވަނަ ޓީމަކަށް އިހަވަންދޫ ޓީމު ގޮސްފައިވަނީ މުބާރާތުގެ 3 މެޗަކުން 9 ޕޮއިންޓު ހޯދާފައިވުމުންނެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މެޗުގައި މުރައިދޫ އާ ބައްދަލުކޮސް 3 ސެޓު ހޯދާ އިހަވަންދޫ ޓީމު ވަނީ މެޗު ކާމިޔާބޮކޮށްފައި އެވެ. އެ މެޗުގައި 3 ސެޓު އިހަވަންދޫއިން ގެންދިޔައީ 25/22 އާއި 25/17 އަދި 25/12 އިންނެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އިހަވަންދޫގެ ފާތުމަތު ތަހޫރާއެވެ.

ހއ ބާރަށުަގައި ކުރިޔަށްދާ މި މުބާރާތުގެ އިހަވަންދޫ ޕޯލްސްޓަރ އަދި ދިއްދޫ ޓީނޭޖް ބޯއީސް ސްޕޯރޓްސް ކުލަބް ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މާދަމާ ހަވީރު އެވެ.

އިހަވަންދޫ ޕޯލްސްޓަރ އިންވަނީ މިދިޔަ އަހަރު ހަނިމާދޫގައި ބޭއްވުނު ޕްރެޒިޑެންޓްސް ކަޕް ނޯތުގެ ޗެމްޕިޔަންކަން ހޯދާފައި އެވެ.

ވީއޭއެމް ޕްރެސިޑެންޓްސް ކަޕަކީ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތަށް ކޮލިފައިވުމަށް ކޮންމެ އަހަރަކު ރާއްޖޭގެ ދެކުނާއި އުތުރުގައި ބޭއްވޭ މުބާރާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355