twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުޅުދުއްފުށީ އޮފީސްތަކުގެ މެދުގައި ވޮލީބޯޅަ މުބާރާތެއް ބާއްވަނީ

Oct 26, 2015

ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ކުޅުދުއްފުށީގައި ހުރި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައި ވޮލީބޯޅަ މުބާރާތެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

“އޮފީސްތަކުގެ ވޮލީބޯލް 2015″ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ކުޅުދުއްފުށީގައި ހުރި މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމަަށާއި ހުނަރުވެރި ވޮލީ ކުޅުންތެރިން އުފެއްދުމަށާއި ޒުވާނުންނަކީ ސިއްހީހޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމުގެމުގެ މަގުސަދުގައި ވޮލީބޯޅަޔަށް ލޯބި ކުރާ ޒުވާނުންނާ ގުޅިގެން ބޭއްވޭ މުބާރާތެއް ކަމަށް ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ބުނެއެވެ.

ހަމައެކަނި ފިރިހެނުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހު 21 ވަނަ ދުވަހު ޒޯން ސްޓޭޑިއަމްގައި އެވެ. އަދި މި މުބާރާތައް ހާއްސަކޮށްގެން ޒޯން ސްޓޭޑިއަމްގައި ވޮލީ ކޯޓެއް ތައްޔާރުކުރެވޭނެކަމަށްވެސް ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ބުނެއެވެ.

މި މުބާރާތުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން 1 ނޮވެމްބަރު 2015 14:00 ގެ ކުރިން ކުޅުދުއްފުށި ޕޮލިސްޓޭޝަނަަށް ހުށައަޅަން ޖެހޭނެ އެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބަރާތުގެ ގަވައިދު ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ލިބެން ހުންނާނެއެވެ.

މި މުބާރާތުގައި ޗެމްޕިޔަން ޓީމާއި ރަނަރ އަޕް ޓީމާއި ފެއާ ޕުލޭ ޓީމް ހޮވިގެން ދާނެއެވެ. މީގެ އިތުރުން ޑްރީމް ޓީމާއި މުބާރާތުގެ އެންމެ މޮޅު ކުލުންތެރިޔާއާއި އެންމެ ފައިދާ ހުރި ކޯޗު ހޮވާނެއެވެ. އަދި މުބާރާތުގައި ކުޅޭ ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗު ހޮވުމަށްވެސް ވަނީ ހަމަޖެހިފައި އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355