twitterviber whatsapp telegramfacebookyoutube instagram
10th September 2026

ހއ އަތޮޅުގެ ޗެމްޕިއަންކަން ފިއްލަދޫ ހޯދައިފި

Nov 17, 2015

މިނިވަން 50 ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ހއ އަތޮޅުގެ ޗެމްޕިއަންކަން ފިއްލަދޫ ހޯދައިފިއެވެ.

ފިއްލަދޫ ޗެމްޕިއަންކަން ހޯދާފައިވަނީ އިއްޔެ ކުޅުނު ފައިނަލް މެޗުގައި ހއ ބާރަށާ ވާދަކޮށްގެން 1-3 އިން މެޗު ކާމިޔާބުކޮށްގެނެވެ.

މި މުބާރާތުގައި ފިއްލަދޫ 13 ޕޮއިންޓާއެކު ޗެމްޕިއަންކަން ހޯދާފައިވާ އިރު 11 ޕޮއިންޓާއެކު ހޯރަފުށި ވަނީ ދެވަނަ މަގާމު ހޯދާފައިއެވެ. އަދި 7 ޕޮއިންޓާއެކު ތިން ވަނަ ވަނީ ބާރަށު ޓީމު ހޯދާފައިއެވެ.

ހއ ގެ ޗެމްޕިއަންކަން ފިއްލަދޫ ހޯދުމާއެކު މިނިވަން 50 ޗެމްޕިއަންޝިޕުގެ ޒޯން މުބާރާތަަށް ދިއުމުގެ ފުރުސަތު އެ ޓީމު ވަނީ ކަށަވަރުވެފައިއެވެ.

މިނިވަން 50 ޗެމްޕިޔަންޝިޕްގެ ޒޯން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހދ ކުޅުދުއްފުށި އަދި އައްޑޫ ސިޓީގައި އެވެ. ޒޯން މުބާރާތުގައި ވާދަ ކުރުމުގެ ފުރުސަތު ލިބޭނީ ކޮންމެ އަތޮޅެއްގެވެސް ޗެމްޕިއަން ޓީމަށެވެ.

އެގޮތުން މިދިޔަ ހޮނިހިރު ދުވަހު މި މުބާރަތުގެ ށ. އަތޮޅުގެ ޗެމްޕިއަންކަން ފޯކައިދޫ އިން ވަނީ ހޯދާ ޒޯން މުބާރާތައް ދަތުރުކޮށްފައިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293