twitterviber whatsapp telegramfacebookyoutube instagram
25th April 2024

އޮފީސްތަކުގެ ވޮލިބޯޅަ މުބާރާތުގެ ސެމީއަށް އޫރިދޫ، ޕޮލިސް، ފެނަކަ އަދި ކެމްޕަސް ދަތުރުކޮށްފި

Nov 28, 2015

އޮފީސްތަކުގެ ވޮލިބޯޅަ މުބާރާތުގެ ސެމީއަށް އޫރިދޫ، ޕޮލިސް، ފެނަކަ އަދި ކެމްޕަސް ދަތުރުކޮށްފި އެވެ.

ގްރޫޕް 1 ގެ އެއްވަނަ ހޯދި ޕޮލިސް އިން ސެމީއަށް ދަތުރުކުރީ ކުޅުނު ހަތަރު މެޗު ތެރެއިން ތިން މެޗު ކާމިޔާބުކޮށް ޖުމްލަ 9 ޕޮއިންޓް ހޯދައިގެންނެވެ. މި ގުރޫޕްގެ ދެވަނަ އަށް ދިޔަ އުރީދޫއިން ވަނީ ކުޅުނު 4 މެޗު ތެރެއިން 3 މެޗު ކާމިޔާބުކޮށް 8 ޕޮއިންޓް ހޯދާފަ އެވެ.

ގުރޫޕް 1 ގައި ދެން ހިމެނުނު ޕޯޓް އަދި ކަސްޓަމްސް އިން ވަނީ 6 ޕޮއިންޓް ހޯދާފަ އެވެ. މި ގުރޫޕްގެ ފުލަށް ދިޔަ އެސްޓީއޯ އަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

ގުރޫޕް 2 ގެ އެއްވަނަ ހޯދި މުބާރާތުގެ ފޭވަރިޓްސް ފެނަކަ އިން ވަނީ ކުޅުނު ހުރިހާ މެޗެއްގެ ހުރިހާ ސެޓެއް ކާމިޔާބުކޮށް ޖުމްލަ 12 ޕޮއިންޓް ހޯދާފަ އެވެ. މި ގުރޫޕްގެ ދެވަނަ ހޯދި ކެމްޕަސްއިން ވަނީ ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗު ކާމިޔާބުކޮށް ޖުމްލަ 9 ޕޮއިންޓް ހޯދާފަ އެވެ.

މި ގުރޫޕްގެ ތިން ވަނަ އަށް ދިޔަ އަތޮޅު ކައުންސިލްއަށް 6 ޕޮއިންޓް ލިބުނުއިރު، އޭއީސީ އަށް ލިބިފައިވަނީ 2 ޕޮއިންޓެވެ. އަދި މި ގުރޫޕްގެ ފުލަށް ދިޔަ ދިރާގަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

މި މުބާރާތުގައި ތިން ސެމީ ފައިނަލް ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ސެމީގައި މާދަމާ ރޭ 2000 ގައި ބައްދަލު ކުރާނީ ގުރޫޕް 1 ގެ އެއްވަނަ ޕޮލިސް އަދި ގުރޫޕް 2 ގެ އެއްވަނަ ފެނަކަ އެވެ. ދެވަނަ ސެމީގައި މާދަމާ ރޭ ބައްދަލު ކުރާނީ ގުރޫޕް 1 ގެ ދެވަނަ އޫރިދޫ އަދި ގުރޫޕް 2 ގެ ދެވަނަ ކެމްޕަސްް އެވެ.

މި މުބާރާތުގެ ތިން ވަނަ ސެމީގައި އާދީއްތަ ދުވަހުގެ ރޭ ކުޅެވޭ މެޗުގައި ބައްދަލު ކުރާނީ ފުރަތަމަ ސެމީއިން ބަލިވާ ޓީމާއި ދެވަނަ ސެމީއިން މޮޅުވާ ޓީމެވެ.

މި މުބާރާތުގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުގެ ރޭ 2000 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355