ނެއްލައިދޫން މިއަދު ގެއްލިގެން ހޯދަމުން ދިޔަ މީހާ ކާނިގަހެއްގައި އޮއްވައި ފެނިއްޖެ އެެވެ.
ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ނެއްލައިދޫ ކައުންސިލަރަކު ބުނީ އޭނާ ގެއްލުނު ކަމަށް ކައުންސިލަށް އެގިފައިވަނީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށާއި އޭނާ ފެނިފައިވަނީ މެންދުރު 11:30 ކާނިގަހެއްގެ ގޮފިގަނޑެއްގެ މަތީގައި ވަޅިއަކުން ދަނޑިކޮޅެއް މަށަން އޮއްވައި ކަމަށެވެ.
ގެއްލިގެން މިއަދު ހޯދާފައިވަނީ ހދ ނެއްލައިދޫ ފުލޫނިޔާމާގެ އަބްދުﷲމުފީދު (39އ) އެވެ.
އޭނާ ގެއްލުމުގެ ކުރިން އެންމެ ފަހުން ފެނިފައިވަނީ ރޭ 12:30 ހާްއިރު ކަމަށާއި އެންމެ ފަހުން ފެނުނު އިރު އިނީ އޭނާގެ ގޭގައި ވަޅިއެއް ތޫނު ކުރަން ކަމަށާއި އޭނާ ބޭރަށް ދަމުން ދިޔައީ ތޫނު ކުރި ވަޅިއާއި އޭނާ ދަންޖެހެން ކަމަށްބުނެ ގެންގުޅޭ ވާގަނޑެއްވެސް ހިފައިގެން ކަަމަށް އެރަށުން ވާހަކަދެއްކި މީހުން ބުންޏެވެ.
އެއަށްފަހު އޭނޭ ގެޔަށް ނާންނަކަން އެގުނީ ފަތިހު އޭނާއަށް ގޮވަންދިޔައިރު ކޮޓަރި ދޮރުގައި މަރުވާން ދާކަމަށްބުނެ ނޯޓް ހަރުކޮށްފައި ހުރުމުންކަމަށް އެރަށުން ވާހަކަ ދެއްކި މީހުން މައުލޫމާތު ދިނެވެ.
މައުލޫމާތު ލިބިފައިވަ ގޮތުގައި މީނާއަކީ ކުރިންވެސް ގެއްލިގެން ހޯދި މީހެކެވެ. އަދި ކުރިން މީހަކާ އިނދެ ދަރިޔަކުވެސް ހުންނަ މީހެއް ކަމަށާއި ދަރިފުޅަށް ދޭންޖެހޭ ހަރަދު ނުދޭތީ ކުއްޖާގެ މަންމަ މިހާރު ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ.