twitterviber whatsapp telegramfacebookyoutube instagram
18th May 2025

އުރަމަތި ސްކޭންކުރުމުގެ ހިދުމަތް ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަށަނީ

Dec 3, 2015

އުރަމަތި ސްކޭން ނުވަތަ މެމަގްރެފީގެ ހިދުމަތް ކުރިއަށްއޮތް ހަފްތާ ތެރޭގައި ފެށިގެންދާނެ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ އެކަމަށް ބޭނުންވާ މެޝިން މިހާރު އިންސްޓޯލްކުރެވިފައިވާ ކަމަށާއި ޑޮކްޓަރުވެސް ކުޅުދުއްފުއްޓަށް އައިސްފަވާ ކަމަށެވެ.

“މެމަގުރެފީ ހެދުމަށް ބޭނުންވާ މެޝިންވެސް މިހާރު ހުރީ އިންސްޓޯލުކުރެވިފަ އަދި ސްކޭން ކުރުމަށް ހާއްސަ ޑޮކްޓަރުވެސް ހުރީ މިކޮޅުގައި.” ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހިދުމަތް ފެށުމުން އާސަންދަ މެދުވެރިކޮށް އެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

ރާއްޖޭގައި ވެސް ކެންސަރު ބަލި އިތުރުވެ އާއްމުވެފައިވާ އިރު، އޭގެ ތެރެއިން އެންމެ ގިނައިން ފެންނަ އެއް ބާވަތަކީ އުރަމަތީގެ ކެންސަރެވެ. ކޮންމެ އަންހެނަކީ ވެސް އުރަމަތީ ކެންސަރުގެ ނުރައްކަލަށް ހުށަހެޅިފައިވާ މީހަކަށް ވާއިރު އެބައްޔަށް ގަވާއިދުން ސްކްރީން ކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. އުރަމަތީ ކެންސަރު ބަލީގެ ކުރީކޮޅު ބަލި ދެނެގަނެވިއްޖެ ނަމަ ސަލާމަތްވުމުގެ ޗާންސް ބޮޑެވެ.

40 އަހަރުން މަތީގެ ކޮންމެ މީހަކު ވެސް އަހަރަކު އެއްފަހަރު މެމޮގްރަމީއެއް ނުވަތަ އުރަމަތީގެ އެކްސް-ރޭއެއް ހެދުމަށާއި 20 އަހަރުން މައްޗަށް ދިޔުމުން ކޮންމެ ތިން އަހަރަކުން އެއްފަހަރު ޑޮކްޓަރަކު ލައްވައި އުރަމަތި ޗެކްކުރުމަށް ސިއްހީ މާހިރުން ލަފާ ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355