twitterviber whatsapp telegramfacebookyoutube instagram
25th May 2026

ނެޓް ބޯލް ކޯޗިން ކޯސް މާޗް މަހަށް ފަސްކޮށްފި

Jan 31, 2016

މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްްސް އަދި ނެޓް ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ނެޓް ބޯލް ކޯޗިން ކޯސް މާޗް މަހަށް ފަސްކޮށްފި އެވެ.

ހދ އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 10 ދުވަހުގެ މި ކޯސް މިހާރު ފެށުމަށް ހަމަޖެހިފައިވަނީ މާޗް 22 ވަނަ ދުވަހު ކަމަށް ކުޅުދުއްފުށީ ކައުންސިލުން މައުލޫމާތު ދެއެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ކައުންސިލަރ އިބްރާހިމް ރަޝީދު ވިދާޅުވީ ކޯސް ލަސްކޮށްފައި މިވަނީ މިވަގުތު މި ކޯހަށް ކޯޗުން ލިބުމުގައި ދަތިކަތެއް އުޅޭތީ ކަމަށެވެ.

އޭގެ އިތުރުން އިބްރާހިމް ރަޝީދު ވިދާޅުވީ ކޯސް ލަސްވުމާއި ގުޅިގެން އަލުން ފޯމް ލިމުގެ ފުރުސަތު ހުޅުވާނުލާނެ ކަމަށާއި ކޯހިގައި ބައިވެރިވުމުގެ ފުރުސަތު ދޭނީ މިހާރުވެސް ފޯމް ލައިފައިވާ ބައިވެރިންނަށް ކަމަށެވެ.

މި ކޯހުގައި ބައިވެރިވެ އަތޮޅުތަކުން ކުޅުދުއްފުއްޓަށް އަންނަ ބައިވެރިންގެ ކެއުމާއި، ކޮޓަރި ކުލި އަދި ދަތުރުގެ ހަރަދު ދިނުމަށް ހަމަޖެހިފައިވަނީ މޯލްޑިވެސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްްސްގެ ފަރާތުން ނެވެ.

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355