އިންޑިއަން އެތުލެޓިކްސް ގްރޭންޑް ޕްރިކްސްގައި ވާދަކުރާ ރާއްޖޭގެ އެތުލެޓިކްސް ޓީމުގައި ރާއްޖޭގެ ޖޫނިއާ ލެވެލްގެ އެންމެ ބާރު އަންހެން ދުވުންތެރިޔާ ކުޅުދުއްފުށީ، ޒަމްޒަމް ނަޝާ ނިޒާރު ހިމެނިއްޖެ އެވެ.
މި މުބާރާތުގައި ރާއްޖޭން ވާދަކުރާ ޓީމުގައި 14 އެތުލީޓުންނާއި 3 އޮފިޝަލުން ހިމެނެ އެވެ. ނަޝާ ނިޒާރު މި މުބާރާތުގައި ވާދަކުރާނީ 4×400މ ރިލޭގަ އެވެ.
ޖުލައި 10 އިން 11 އަށް އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ވެސް ވާދަކުރާނެ އެވެ.
އުއްމީދީ އެތުލީޓް ނަޝާ ރާއްޖޭގެ ޖޫނިއާ އަންހެން ރިކޯޑް ހެދީ ވިއެޓްނާމްގެ ހޯ ޗި މިންހް ސިޓީގައި ޖޫން މަހުގެ 3 ން 6 އަށް ބޭއްވި 17 ވަނަ އޭޝިއަން ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕްގަ އެވެ. މި މުބާރާތުގައި 200މ ދުވުމުގައި 26 ސިކުންތުން ރޭސް ނިންމާފައިވާ އިރު ނަޝާ ވަނީ މި މުބާރާތުގެ 400މ ދުވުމުގެ ރޭސް 1.02 ން ނިންމާފައެވެ.