ރާއްޖޭގެ ޖޫނިއަރ އެންމެ ބާރު އަންހެން ދުވުންތެރިޔާ ޖަލާލުއްދީން ސްކޫލުގެ ނަޝާ ނިޒާރު މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 200 މީޓަރު ދުވުމުންގެ ރިކޯޑް އާކޮށްފި އެވެ.
މިއީ ނަޝާ މި ރެކޯޑް އާކުރި 2 ވަނަ ފަހަރެވެ. ނަޝާގެ ކުރިން މިރެކޯޑް އޮތީ ރާއްޖޭގެ ބާރު އަންހެން ދުވުންތެރިޔާ އަފާގެ އަތުގަ އެވެ. މިފަހަރު ނަޝާ ރެކޯޑް އާކޮށްފައިވަނީ 17 އަހަރުން ދަށުގެ އުމުރު ފުރައިން އަންހެން ކުދިންގެ 200 މީޓަރު ދުވުން 26.17 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މިހާރު މާލޭގައި ކުރިއަށްދާ 19 ވަނަ މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ 30 ސްކޫލަކުން ބައިވެރިވެއެވެ. މިމުބާރާތުން ނަޝާ ވަނީ މިހާރުވެސް ކާމިޔާބީތަކެއް ހޯދާފަ އެވެ. އެގޮތުން 100މ އާއި 200މ އޭނާ ވަނީ 1 ވަނަ ހޯދާފަ އެވެ.
ކުޅުދުއްފުއްޓަށް އުފަން ނަޝާ އަންނަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ބާއްވާ ދުވުމުގެ އެކި މުބާރާތަކުން ރަންވަނަތަކެއް ހޯދަމުންނެވެ.