twitterviber whatsapp telegramfacebookyoutube instagram
10th September 2026

ހދ އަތޮޅު އަންހެނުންގެ ވޮލީ މުބާރާތުގެ ފައިނަލަށް ނޮޅިވަރަމް އަދި ހަނިމާދޫ

Sep 28, 2016

ހދ އަތޮޅު ކައުންސިލްގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ ހދ އަތޮޅު އަންހެނުންގެ ވޮލީ މުބާރާތުގެ ފައިނަލަށް ނޮޅިވަރަމް ޒުވާނުންގެ ގުޅުން އަދި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ދަތުރުކޮށްފި އެވެ.

މި މުބާރާތުގެ ފައިނަލަށް ނޮޅިވަރަމް ދަތުރުކުރީ ސެމީފައިނަލުގައި އިއްޔެ ހަވީރު ނޮޅިވަރަމްފަރު ކައުންސިލް އިދާރާގެ ޓީމާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ނޮޅިވަރަމްގެ ޓީމު ފައިނަލަށް ދަތުރުކުރީ ގުރޫޕް ސްޓޭޖްގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްގެންނެވެ. ނޮޅިވަރަމްފަރު ޓީމު ކުޅުނު ދެ މެޗުގެ ތެރެއިން ކާމިޔާބުކުރެވިފައިވަނީ އެއް މެޗެވެ.

ރޭ ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ކުޅުދުއްފުށީ ޒިގްޒެގް ފޯރ ޔޫތު ލިންކޭޖް އަދި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކުރީ ހަނިމާދޫ އެވެ. ހަނިމާދޫ ޓީމު ގުރޫޕް ސްޓޭޖްގެ ދެ މެޗުވެސް ކާމިޔާބުކޮށް ސެމީއަށް ދަތުރުކުރިއިރު ޒިގްޒެގް ސެމީއަށް ދަތުރުކުރީ ކުޅުނު ދެ މެޗު ތެރެއިން އެއް މެޗު ކާމިޔާބު ކޮށްގެންނެވެ.

މި މުބާރާތުގެ ފައިނަލު މެޗު އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް 1 ގެ ވޮލީ ކޯޓްގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293