twitterviber whatsapp telegramfacebookyoutube instagram
15th July 2026

17 އަހަރަށްފަހު އިމްރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

Oct 13, 2016

17 އަހަރަށް ފަހު ގޯލްކީޕަރު އިމްރާން މުހައްމަދު ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

1999 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށި އިމްރާން ވަނީ 17 އަހަރުގެ ދިގު މުއްދަތަކަށްފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފަ އެވެ. އިމްރާން ފޭސްބުކްގައި ރޭ ބުނި ގޮތުގައި ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަކީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ނިންމި އެންމެ އުދަނގޫ ނިންމުން ކަމަށެވެ.

މީގެ އިތުރުން އިމްރާން ބުނެފައިވަނީ ރާއްޖޭގެ ޒުވާން ކީޕަރުންނާ މެދު ވަރަށް ބޮޑު އިތުބާރެއް އެބައޮތް ކަމަށާއި ކުޅިވަރުން ގައުމު ފަހުރުވެރި ކޮށްދިނުމަށް އޭނާ އަށް ކޮންމެވެސް ވަރެއްގެ ދައުރެއް އަދާކޮށްދެވުނު ކަމަށް އުއްމީދު ކުރާ ކަމަށެވެ.

އަދި މިހާރު ކުރިއަށްދާ އޭއެފްސީ އޭޝިއަން ކަޕް 2019 ގެ ކޮލިފައިންގެ ގްރޫޕް ސްޓޭޖް ރާއްޖޭ ހޮވުން ވަގުތާއި އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލި ދަނޑިވަޅަކީ އިއްތިފާގަކުން ގައުމީ ޓީމަށް ކާމިޔާބެއް ލިބުނު ދަނޑިވަޅަކާ ދިމާވުމުން ވަރަށް ފަހުރުވެރިވާ ކަމަށެވެ.

އޭގެ އިތުރުން ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް، ކުލަބު ލެވެލްގައި ކުޅޭނެ ކަމަށާއި ގައުމީ ޓީމަށް އެހީތެރިކަން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިހުންނާނެ ކަމަށް އިމްރާން ބުނެފައި ވެއެވެ.

ފުޓްބޯޅައިގައި ރާއްޖެ ތަމްސީލު ކުރުމުގައި ހޭދަކުރި މުއްދަތުގައި އެހީތެރިކަން ދިން ހުރިހާ މީހުންނާއި ކޯޗުންނަށް އަދި ކުޅުންތެރިންނާއި އެކުވެރިންނާއި ސަޕޯޓަރުންނާ އަދި އެފްއޭއެމް އަށް އިމްރާން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355