twitterviber whatsapp telegramfacebookyoutube instagram
10th September 2026

ގައުމީ ނެޓްބޯޅަ މުބާރާތައް ކުޅުދުއްފުށީ ޓީމް ފުރައިފި

Nov 21, 2016

މާލޭގައި އޮންނަ ގައުމީ ނެޓްބޯޅަ މުބާރާތައް ކުޅުދުއްފުށީ ޔޫތް އެންޑް ރެކުރިއޭޝަން ޓީމް މިއަދު ފުރައިފި އެވެ.

ކޭވައިއާރުސީގެ ޓީމް މިއަދު ހަވީރު ކުޅުދުއްފުށީ ފުރާފައިވަނީ ބަހާދަރު ބޯޓްގަ އެވެ.

ކޭވައިއާރުސީގެ ޓީމް ވަނީ މިދިޔަ އަހަރުގެ ގައުމީ މުބާރާތުގައި ބައިވެރިވެ ފައިނަލް މެޗާއި ހަމައަށް ދަތުރުކޮށްފައި އެވެ.

އެއަހަރުގެ ފައިނަލް މެޗުގައި ކޭވައިއާރުސީ ބަލިކޮށް ފިއެންސީ  ޗެމްޕިއަންކަން ހޯދީ އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ.

މިއަހަރުގެ މުބާރާތް ފަށަނީ އަންނަ ހުކުރުދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293