twitterviber whatsapp telegramfacebookyoutube instagram
25th October 2026

މަކީޓާ އެޓޯލް ޖޫނިއާރ ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

Jan 24, 2017

10 ވަނަ މަކީޓާ އެޓޯލް ޖޫނިއާރ ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއަހަރު މާރޗުމަހު 20 ން 23 އަށް އައްޑޫ ހިތަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ރާއްޖޭގެ ސްކޫލް މަދަރުސާ ކޮލެޖް ތަކާއި އެސޯސިއޭޝަންގެ މެމްބަރ ކްލަބްތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.

އެގޮތުން މި މުބާރާތް ކުރިއަށް ދާނީ އަންހެން ފިިރިހެން ވަކިން 3 އުމުރުފުރާއަކަށް ބަހާލައިގެން ކަމަށާއި މު ބާރާތުގައި 13 އަހަރުންދަށް، 16 އަހަރުން ދަށް އަދި 19 އަހަރުންދަށުގެ 66 އިވެންޓް ކުރިއަށް ދާނެ ކަމަށް އެތްލެޓިކްސް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.

މި މުބާރާތުގެ ވަނަ ހޮވުމަށްވެސް ހަމަޖެހިފައިވަނީ އަންހެން ފިރިހެން ވަކިންނެވެ. އެގޮތުން ޗެމްޕިއަން ޓީމަށް 7000ރުފިޔާގެ އިނާމެއް ހަމަޖެހިފައިވާއިރު ދެވަނަ ޓީމަށް 5000 ރުފިޔާ އަދި ތިންވަނަ ޓީމަށް 3000 ރުފިޔާގެ ފައިސާ އިނާމް ވަނީ ހުށައެޅިފަ އެެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފަހުތާރީހަކީ ފެބްރުއަރީ މަހުގެ 14ވަނަ ދުވަހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293