twitterviber whatsapp telegramfacebookyoutube instagram
25th April 2024

ހިއްކި ސަރަހައްދުގައި އެއާޕޯޓް އަޅައި، ކުޅީގައި ބަނދަރު ތަރައްގީކޮށް ދިނުމަށް އެދިއްޖެ

Jul 22, 2017

ރިޔާސީ އިންތިހާބުގައި އަޅުއްވައި ދެއްވާނެކަމަށް ރައީސް ޔާމިން ވައުދުވެވަޑައި އެއާޕޯޓް، ކުޅުދުއްފުށީ ހިއްކި ސަރަހައްދުގައި އަޅައިދެއްވާފައި އެސަރަހައްދުގައި ތަރައްގީކުރަން ހަމަޖެހިފައިވާ ބަނދަރު ކުޅި ސަރަހައްދަށް ބަދަލުކުރުމަށް އެދިއްޖެ އެވެ.

އެއާޕޯޓް އަޅަން ދެ ސަރަހައްދެއް ވާހަކަ ދައްކަމުން ދަނިކޮށް އަނެއްކާ ރޭގައި ވަނީ އެއާޕޯޓް އަޅަން އިތުރު ތަނެއް ރައްޔިތުން ދައްކާފަ އެވެ.

ކުޅުދުއްފުށީ ހާބަރ އެކްޕެންޝަން މަޝްރޫއުއާ ބެހޭ މައުލޫމާތު ކުޅުދުއްފުށީ ރައްޔިތުންނަށް ދިނުމަށް ރޭ ހައުންސިންގ މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުޅުވާލި ފުރުސަތުގައި ވާހަކަ ދައްކަވަމުން މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޒުހެއިރު ވިދާޅުވީ ކުޅުދުއްފުށީގައި އެޅުމަށް ވައުދުވި އެއާޕޯޓް ހިއްކި ސަރަހައްދުގައި އަޅައި ދިނުމަށެވެ. އެސަރަހައްދުން އެއާޕޯޓެއް ހެދޭނެ ވަރުގެ ޖާގަ ލިބޭކަމަށެވެ.

އަދި ހިއްކި ސަރަހައްދުގައި ތަރައްގީ ކުރަން ހަމަޖެހިފައިވާ ބަނދަރު އުތުރުކޮޅު ކުޅި ސަރަހައްދަށް ބަދަލުކޮށްދިނުމަށެވެ. ކުޅި ސަރަހައްދުގައި ބަނދަރު ތަރައްގީކޮށް، ނެރު އަމީނީމަގާ ދިމާއަށް ކަނޑާދިނުމަށް އޭނާ އެދުނެވެ.

“ސަރަހައްދީ ބަނދަރުގެ ދެކުނު ކައިރިން ފެށިގެން އުތުރު ބަނދަރާ ހަމައަށް 2000 މީޓަރު ދިގުން އެބަ ލިބޭ. އެއާޕޯޓެއް އަޅައި ވާހަކަ އެބަ ދައްކާ. ފަޅު ހިއްކާފައި ރަންވޭއެއް ހަދާދޭށޭ މޫދުގައި.  އެހެންވެއްޖާ 1800 މީޓަރުގެ ރަންވޭއެއް އެބަ ލިބޭ. އެހެންވީމާ 320 އެއާބަސް ޖެއްސޭނެ” މުހައްމަދު ޒުހައިރު ވިދާޅުވި އެވެ.

މުހައްމަދު ޒުހެއިރު ވިދާޅުވީ އުތުރުކޮޅު ކުޅި ސަހަރައްދުގައި ޝީޓްފައިލްކޮށް ބަނދަރު ތަރައްގީކޮށްދިނުމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ކުޅުދުއްފުށީ އުތުރުކޮޅުގައި ފުރަތަމަ ދެ އަހަރު ތެރޭގައި އެއާޕޯޓެއް އަޅާނެ ކަމަށެވެ. ނަމަވެސް އެސަރަހައްދުގައި އެއާޕޯޓް އެޅުމުން އެތަށް މައްސަލަތަކެއް ދިމާވާނެތީ އަދިވެސް ވަނީ އެމަސައްކަތް ނުފެށި އެވެ. އެއާޕޯޓް އަޅައިނެ ތަނަކާ މެދު ހިޔާލު ތަފާތުވުން ތަކެއް ހުރި އިރު ބައެއް ރައްޔިތުން ބޭނުންވަނީ ރަށުގެ އިރުމަތި ފަރާތުގަ އެއާޕޯޓް އަޅަން ށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355