twitterviber whatsapp telegramfacebookyoutube instagram
25th October 2026

ޖޫނިއަރ އެތުލެޓިކްސްގައި ވާދަކުރާ ކުޅުދުއްފުށީގެ އެތުލީޓުން އައްޑޫއަށް ދިއުމަށް ފުރައިފި

Jul 23, 2017

އައްޑޫ ސިޓީގައި މިމަހު ފަށައި ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ކުޅުދުއްފުށީގެ އެތްލީޓުން، އައްޑޫއަށް ދިއުމަށް ފުރައިފި އެވެ.

މިމުބާރާތުގައި ކުޅުދުއްފުށިން ބައިވެރިވެފައިވަނީ ޖަލާލުއްދީން ސްކޫލާއި ހދ އަތޮޅު ތައުލީމީ މަރުކަޒެވެ.

މިމުބާރާތަށް ކުޅުދުއްފުށިން ޖުމްލަ 12 އެތްލީޓުން ފުރާފައިވާއިރު މުޅިން ބައިވެރިވެފައިވަނީ ދުވުން ތަކުގަ އެވެ.

މިމުބާރާތް އޮންނަނީ މިމަހު 26-29 އަށް އައްޑޫ ސިޓީ، ހިތަދޫ ސްޓޭޑިއަމްގަ އެވެ.

ޤައުމީ ފެންވަރުގައި ބާއްވާ ގިނަ އެތްލެޓިކްސް މުބާރާތުގައި ކުޅުދުއްފުށީ ސްކޫލްތަކުގެ އެތްލީޓުން އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ.

ޤައުމީ އެތްލެޓިކްސް ޓީމުގައި ކުޅުދުއްފުށީގެ އެތްލީޓުން ހިމެނެ އެވެ. ޤައުމީ އެތްލެޓިކްސް ޓީމުގައި ހިމެނޭ ކުޅުދުއްފުށީގެ އެތްލީޓުންނަކީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އެތުލެޓިކްސް ޓީމުން ނިކުމެފައިވާ އެތްލީޓުންކަން ފާހަގަކުރެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293