ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ކުޅުދުއްފުށީގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ޑޮމެސްޓިކް އެއާޕޯޓް، މިރަށު ލޭންޑްޔޫސް ޕްލޭންގައި ހިމަނައި ކައުންސިލަށް އެކަން އަންގައިފި އެވެ.
ކުޅުދުއްފުށީ ލޭންޑްޔޫސް ޕްލޭންގައި އެއާޕޯޓް ހިމެނިކަން ކައުންސިލަށް އަންގާފައިވަނީ ހައުންސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަބީބު ސޮއެކުރައްވައި ކައުންސިލަށް ފޮނުވާފައިވާ ސިޓީއެއްގައި އެވެ.
1200 މީޓަރުގެ ދިގު ރަންވޭއަކާ އެކު ގާއިމްކުރާ މިއެއާޕޯޓް ހެދުމަށް ނިންމާފައިވަނީ އުތުރުކޮޅު ކުޅިން ބައެއް ހިއްކައިގެންނެވެ.
ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ ރައީސް އަބުދުﷲ ޔާމީންގެ ރިޔާސީ ވައުދެކެވެ.